އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ 16 މެމްބަރަކަށް، ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ މަޖިލިސް ޓިކެޓު ކަށަވަރުވެއްޖެއެވެ.
އެ މެންބަރުންނަށް ޓިކެޓު ކަށަވަރުވެފައި ވަނީ ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރެއްވި ދާއިރާތަކަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީއެވެ.
- - ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
- - ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު
- - މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
- - މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ
- - ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
- - ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު
- - ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު
- - ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
- - ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ
- - ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދު
- - ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދުދީދީ
- - ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
- - ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް
- - ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް
- - ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް
- - މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
އެމްޑީޕީން އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެ ދުވަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްޑީޕީން މިއަދު އާންމުކުރި ލިސްޓުގައިވާ ގޮތުން ޕްރައިމަރީއަކާ ނުލައި 36 މީހަކަށް އެ ޕާޓީގެ ޓިކެޓު ވަނީ ކަށަވަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު