ނަވާވީސް މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމުގެ ހުޅުވާލި ފުރުސަތުގައި 47 މީހުން ކުރިމަތިލާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
- ހއ. ކެލާ
- ހއ. ބާރަށް
- ހއ. މާރަންދޫ
- ހދ. ނެއްލައިދޫ
- ހދ. ވައިކަރަދޫ
- ށ. މާއުނގޫދޫ
- ނ. ވެލިދޫ
- ރ. އުނގޫފާރު
- ބ. ގޮއިދޫ
- ބ. ތުޅާދޫ
- ޅ. ހިންނަވަރު
- ކ. ކާށިދޫ
- ކ. ދިއްފުށި
- އއ. ހިމަންދޫ
- އއ. މާޅޮސް
- އއ. ފެރިދޫ
- އދ. މާމިނގިލި
- ވ. ފުލިދޫ
- ވ. ކެޔޮދޫ
- ފ. ފީއަލި
- ދ. މީދޫ
- ލ. މާމެންދޫ
- ލ. މާވަށް
- ގއ. މާމެންދޫ
- ގދ. ގައްދޫ
- ގދ. ރަތަފަންދޫ
- ގދ. ނަޑައްލާ
- ގދ. ފިޔޯރީ
- ސ. ހިތަދޫ
ޖޭއެސްސީން ބުނީ މީގެ ތެރެއިން ބައެއް ކޯޓުތަކުގެ ފަނޑިޔާރުކަމަށް ފަސް މީހުން ކުރިމަތިލާފައިވާއިރު ބައެއް ކޯޓުތަކަށް ކުރިމަތިލާފައި ވަނީ އެންމެ މީހެއް ކަމަށެވެ. އެ ކޯޓުތަކަށް ކުރިމަތިލި މީހުންގެ މައުލޫމާތު ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް 29 ކޯޓުގެ ތެރެއިން ހަތް ކޯޓެއްގެ ފަނޑިޔާރުކަމަށް އެއްވެސް މީހަކު ކުރިމަތިލާފައެއް ނުވެއެވެ.
- ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓު
- ގދ. ނަޑައްލާ މެޖިސްޓްތޭޜް ކޯޓު
- އއ. ހިމަންދޫ މެޖިސްޓްރޭޓް ކޯޓު
- އއ. މާޅޮސް މެޖިސްޓްރޭޓް ކޯޓު
- ލ. މާވަށް މެޖިސްޓްރޭޓް ކޯޓު
- ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓު
- ގދ. ފިޔޯރީ މެޖިސްޓްރޭޓް ކޯޓު
ޚަބަރު
ޚަބަރު
ޚަބަރު