އިއްޔެ މުޅި ރާއްޖެ އަށްކުރި ވިއްސާރާގައި އެންމެ ގިނަ އަދަދަކަށް ވާރޭ ވެހުނީ ކ. ހުޅުލެއަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ބުނެފިއެވެ.
މެޓް އޮފީހުގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، މީގެ ކުރިން ހުޅުލެއަށް އެންމެ ގިނަ އަދަދަކަށް ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައި ވަނީ 175 މިލިލީޓަރު ކަމަށެވެ.
ނަމަވެސް އިއްޔެގެ ހެނދުނު 8 އިން މިއަދު ހެނދުނު 8 އަށް ހުޅުލެއަށް 179.7 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި މިއީ ހުޅުލެއަށް މިހާތަނަށް އެންމެ ގިނައިން ވާރޭ ވެހުނު ދުވަސް ކަމަށް ރެކޯޑުތަކުން ދައްކާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މެޓުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެ ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށެވެ. މާލެއަށް އިއްޔެ 118.2 މިލިއަން މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވެއެވެ.
މެޓުގެ ތަފާސް ހިސާބުތަކަށް ބަލާއިރު:
- ބ. ގޮއިދުއަށް 105.6 މިލިލީޓަރުގެ ވާރޭ ވެހުނު
- ކ. ދިއްފުއްޓަށް 72 މިލިލީޓަރުގެ ވާރޭ ވެހުނު
- މ. މުއްޔަށް 66 މިލިލީޓަރުގެ ވާރޭ ވެހުނު
އިއްޔެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލެއާއި ހުޅުމާލޭގެ އިތުރުން ހުޅުލޭގައިވެސް ފެންބޮޑުވިއެވެ. އަދި ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފްލައިޓު އޮޕަރޭޝަނަށް ބުރޫ އަރައި، ފްލައިޓުތަކަށް ނުޖެއްސި ބައެއް ފްލައިޓްތައް ޑައިވާޓްކޮށް ކެންސަލްވެސް ކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު