ފުޓްބޯޅަ ކެރިއަރު އިތުރަށް ކުރިއަށް ގެންދެވޭނެތޯ ބަލަންވެގެން، ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ލުޓޮންގެ ކެޕްޓަން ޓޮމް ލޮކްޔާ ބުނެފިއެވެ.
ލުޓޮންއާއި ބޯންމައުތުން ޕްރިމިއާ ލީގުގައި ލޮކްޔާ ދަނޑު މައްޗަށް ވެއްޓުނީ ކާޑިއެކް އެރެސްޓެއްގައެވެ. އުމުރުން 29 އަހަރުގެ ލޮކްޔާ ދަނޑު މައްޗަށް ވެއްޓުމާއެކު ގިނަ އިރުތަކެއް ވަންދެން ފަރުވާ ދިނުމަށްފަހު، ބޭލީ އަށިގަނޑުގައި އޮކްސިޖަން ގުޅައިގެންނެވެ.
ލޮކްޔާ، އޭގެ ކުރިން މެއި މަހު، ޕްރިމިއާ ލީގުގެ ޕްލޭ އޮފް މެޗުގައި ކޮވެންޓްރީއާ ދެކޮޅަށް ލުޓޮންއިން ކުޅުނު މެޗުގައިވެސް ވެއްޓިފައިވެއެވެ. އޭގެ ފަހުން އޭނާ ހިތުގެ ސާޖަރީއެއް ހަދައި، އަލުން ކުޅެން ފެށީ ޑޮކްޓަރުންގެ އިރުޝާދަށްފަހުގައެވެ.
މި ފަހަރުގެ ކާޑިއެކް އެރެސްޓަށްފަހު ލޮކްޔާ ދޫކޮށްލާފައި ވަނީ ހިތަށް ކާޑިއޯވާޓާ ޑިފްބްރިލާޓާ (އައިސީޑީ) އެއް ލެއްވުމަށްފަހުއެވެ. މިފަހަރު ހޮސްޕިޓަލުން ބުނެފައި ވަނީ ލޮކްޔާއަށް އެންމެ ފަހުން ކުރިމަތިވި ހާލަތު ތަފާތު ކަމަށާއި ދެން ކުޅެން ނުކުމެވޭނީ އިތުރު ކަންތައްތަކަކަށް ބެލުމަށްފަހުގައި ކަމަށެވެ.
"އަހަރެން ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ވަކި ހާއްސަ ޑޮކްޓަރަކާ ބައްދަލުކުރުމަށްފަހު ކެރިއަރަށް ގޮތެއް ނިންމާނީ. އަބަދުވެސް ބޭނުންވަނީ ލުޓޮންގެ ކޯޗަށާއި ޓީމަށްވެސް އެންމެ ފައިދާ ބޮޑުކޮށް ކަންތައްތައް ކުރަން. ހާއްސަކޮށް ޓީމަށް ބޭނުންވާ ނަމަ އަބަދުވެސް ކޮންމެވެސް ގޮތަކަށް ހިދުމަތް ކުރާނަން،" ލޮކްޔާ ބުންޏެވެ.
ލޮކްޔާ އިތުރަށް ބުނީ މެޑިކަލް ސްޓާފުން އޭނާ ސަލާމަތްކޮށްދިން ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު