ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނޭ ވަކި ވަޒީރަކަށް ރުހުން ދޭން ނުވަތަ ރުހުން ނުދޭން ނިންމާފައި ނުވާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މަޖިލީހުގެ ނާއިބު ރައީސް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމަށްޓަކައި ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމާ ގުޅޭ ގޮތުން މިއަދުވެސް ޕީޖީ މެންބަރުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރަކަށް ރުހުން ދޭން ނުވަތަ ނުދޭން އަދި އެމްޑީޕީން ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމުގެ ކަންތައް ކުރިއަށް ގެންދާނީ، ގައުމީ ރޫހެއްގައި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވިދާޅުވިއެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމި އިރު، އެއަށް ބޭނުންވާ ބައެއް މައުލޫމާތުތައް ނެތުމުންނާއި ބައެއް ގޯސްތައް ހުރުމުން އެކަން ރަނގަޅު، ކޮމިޓީން މިއަދު ވަނީ ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށް މަޖިލިސް ތަޅުމަށް އެ މައްސަލަ ފޮނުވައިފައެވެ.
މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ، ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވައި ދިނުމަށް މެންބަރުން އެދިވަޑައިގެންފިނަމަ، މަޖިލިސް ޖަލްސާއެއް ބާއްވައި ދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު