މި އަހަރުގެ ފިނި މޫސުމުގެ ޗުއްޓީއަށް ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖެޓްތައް ޕާކުކުރާނެ ޖާގަ ރެކޯޑް އަދަދަކަށް އިތުރުކޮށްފިއެވެ.
އެމްއޭސީއެލް އިން ބުނީ ވެލާނާ އެއާޕޯޓުގައި މަތިންދާބޯޓުތައް ޕާކް ކުރެވޭނެ ޖާގަ ހެދުމުގެ މަސައްކަތުގެ ތެރެއިން ޕްރައިވެޓް ޖެޓުތައް ޕާކު ކުރާނެ ޖާގަވެސް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ޖެޓު ޕާކު ކުރުމަށް އާ ފިއުލް ފާމް ކުރިމަތިން 13 ޖާގަ އަދި ހުޅަނގުދެކުނު ކަނުން 16 ޖާގަ އިތުރުކޮށް، ޖެޓު ޕާކިންއަށް އެކަނި 68 ޖާގަ ހަދާފައިވާ ކަމަށް ބުންޏެވެ.
މި ބަދަލު ގެނައުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި ޖެޓުތައް ޕާކުކުރަން ހުރީ 39 ޖާގައެވެ. އެއީ އުތުރު އޭޕްރަންގައި ހަދާފައިވާ 13 ޖާގައާއި އިރުމަތީ އޭޕްރަންގައި ހަދާފައިވާ 26 ޖާގައެވެ.
ކޮންމެ އަހަރަކުވެސް ފިނި މޫސުމުގެ ޗުއްޓީއާއި އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަންނައިރު، އޭގެ ތެރޭގައި ޕްރައިވެޓް ޖެޓްތަކުގައި އަންނަ ޓޫރިސްޓުންވެސް ގިނައެވެ.
ޚަބަރު
ޚަބަރު
ޚަބަރު