ސިނަމާލެ ބުރިޖުގައި މަސައްކަތެއް ކުރުމަށް މާލެއިން ހުޅުމާލެ ދާ ފަޅި މިރޭ ދެ ގަޑިއިރަށް ބަންދުކުރަން ނިންމައިފިއެވެ.

ފުލުހުން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ، ބުރިޖުގެ އެ ލޭން ބަންދުކުރާ ވަގުތުގައި އަނެއް ލޭނުން ދެކޮޅަށް ދުއްވޭނެ ކަމަށެވެ. އެހެންކަމުން އެ ވަގުތުތަކުގައި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ސިނަމާލެ ބުރިޖުގެ މަސައްކަތައް އާންމު ގޮތެއްގައި ބުރިޖުގެ ލޭންތައް ބަންދުކުރެއެވެ. އެގޮތަށް ލޭން މީގެ ކުރިން ބަންދުކޮށްފައި ވަނީ ބުރިޖުގެ އާބާތުރަ ފިލުވައި މަރާމާތު ކުރުމަށެވެ.

ނަމަވެސް މިރޭ ބްރިޖު ބަންދުކުރަނީ ސީދާ ކޮން މަސައްކަތެއް ކުރުމަށް ކަމެއް ނޭނގެއެވެ.