ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި އަލާވޭސް ބަލިކޮށްފިއެވެ.
ރަށުން ބޭރުގައި ރޭ ރެއާލުން އަލާވޭސް ބަލިކުރީ 1-0 އިންނެވެ. އެ ނަތީޖާއާއެކު އެޓީމުން ލަލީގާ ތާވަލުގެ އެއްވަނައަށް އަރަން ފުރުސަތު ލިބުނީ ކުރިން އެއްވަނައިގައި އޮތް ޖިރޯނާއިން ރޭ ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވުމުންނެވެ.
ރެއާލަށް 18 މެޗުން 45 ޕޮއިންޓް ލިބިފައިވާ އިރު، ޖިރޯނާއަށްވެސް 18 މެޗުން ވަނީ 45 ޕޮއިންޓް ލިބިފައެވެ. ދެ ޓީމުގެ ފަރަގަކީ ފައިދާ ގޯލުގެ ތަފާތެވެ. ރެއާލަށް ފައިދާ 28 ގޯލު ލިބިފައި އޮތް އިރު، ޖިރޯނާ އަތުގައި އޮތީ ފައިދާ 21 ގޯލެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް ހަމަލާތައް އުފައްދަން އުނދަގޫތަކާ ކުރިމަތިވިއެވެ. ހާއްސަކޮށް އެޓީމުގެ ފަރާތުން އާންމުކޮށް ފެންނަ އެޓޭކިން ކުޅުން ރޭގެ މެޗުގައި ފެނިފައި ނުވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ނަޗޯ ފެނާންޑޭޒްއަށް ދެއްކި ރަތް ކާޑާއެކު ރެއާލަށް އިތުރު އުނދަގޫތަކެއް ދިމާވިއެވެ.
ރެއާލް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ގޮސް، އިތުރު ވަގުތަށް ދިޔައީ ގޯލެއް ނުފެނިއެވެ. އިތުރު ވަގުތުގައި ކުޅެމުން ގޮސް، ޓޯނީ ކްރޫސް ނެގި ހުރަހުން ރެއާލަށް ލީޑު ނަގައިދިނީ ލޫކަސް ވަޒްކުއޭޒްއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ