އަމިއްލަ ދަނޑުގައި ބޮޑު ތަފާތަކުން ވެސްޓް ހަމް ބަލިކޮށް، ލިވަޕޫލުން ލީގު ކަޕްގެ ސެމީ ފައިނަލް ޔަގީންކޮށްފިއެވެ.
ރޭ ކުޅުނު މެޗުގައި ލިވަޕޫލުން ވެސްޓް ހަމް ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލްގެ އިތުރުން ލީގު ކަޕްގެ ސެމީއަށް ދެން ދަތުރުކުރީ ޗެލްސީއާއި ފުލަމްގެ އިތުރުން މިޑްލްސްބްރާ އެވެ.
ރޭގެ މެޗުގެ 28 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ނަގައިފައެވެ. ޑޮމިނިކިމް ޒޮބޮސްލާއީ ދުރުން ފޮނުވާލި ހަމަލާގައި ލިވަޕޫލުން ލީޑު ނަގައި، މެޗު ޑޮމިނޭޓްކޮށް ކުޅެފައިވެއެވެ. އެޓީމުން މެޗު ކޮންޓްރޯލް ގެއްލުވާނުލައި ފުރަތަމަ ހާފު ނިންމާލީ ލީޑުގައެވެ.
ދެވަނަ ހާފު ފެށިގެން 11 މިނެޓް ފަހުން ލިވަޕޫލުން ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލު ޖެހީ ކާޓަސް ޖޯންސްއެވެ. އޭގެ ފަހުން ކޯޑީ ގަކްޕޯ ޖެހި ގޯލުން ލިވަޕޫލް ލީޑު އިތުރަށް ފުޅާކޮށްފައިވާ އިރު، އެއީ އޭނާ ސީޒަނުގައި ޖެހި އަށްވަނަ ގޯލެވެ. ލިވަޕޫލުން ފުރިހަމަ ކޮންޓްރޯލްގައި ދެވަނަ ހާފުވެސް ކޮންޓްރޯލް ކުރަމުންދިޔަ އިރު، އެޓީމުގެ އިތުރު ގޯލުތައް ފަހުކޮޅުގައި ޖެހީ މުހައްމަދު ސަލާހާއި، ދެވަނަ ގޯލު ޖެހީ ޖޯންސްއެވެ. ވެސްޓްހަމްއިން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ ޖެރަޑް ބޮވެންއެވެ.
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް