ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސްގެ އިތުރުން ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް އާއި މެންބަރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމި ނިންމުން މަޖިލީހުން ފާސް ނުކުރަން، މަޖިލިސް ތަޅުމުގައި ރަތް ޖަހަން ދަ ޑިމޮކްރެޓްސް އިން އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ފުރަތަމަ ތުރީލައިން ވިޕް ނެރެފިއެވެ.
އެ ފަރާތްތަކުގެ މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން މޭޔަރުންނާއި ކައުންސެލަރުންނާއި، މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމު ތަކުގެ މުސާރަ ބޮޑުކުރަންވެސް ކޮމެޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ.
ކޮމިޓީގެ އެ ނިންމުމާ ޑިމޮކްރޭޓުން ވަނީ ދެކޮޅު ހަދައިފައެވެ. ކޮމެޓީގެ އެ ނިންމުން ބަލައިނުގަތުމަށް އެ ޕާޓީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް އިލްތިމާސްކޮށްފައެވެ.
އެ ޕާޓީން ބުނީ މުސާރަތައް ބޮޑު ކުރުމަށް ކޮމެޓީން ނިންމި ނިންމުމާ ދެކޮޅަށް ތުރީ ލައިން ވިޕް ނެރެން ޕީޖީ ގްރޫޕުން އިއްތިފާގު ވެފައިވާ ކަމަށެވެ.
"މި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ފުރަތަމަ ތުރީލައިންވިޕް، ރެޑް ވިޕްލައިން މުސާރަ ބޮޑު ކުރުމާ ދެކޮޅަށް ޕީޖީގެ އިއްތިފާގުން ވަނީ ފާސްކޮށްފަ،"
އެ ޕާޓީން ބުނީ، ދައުލަތުގެ އޮނިގަނޑުގެ ބިޔަކަމާއި ބުރަކަން ފިލުވުމާއި، ރައްޔިތުންގެ މަޖިލިސް ބޮޑުވަމުން ބިޔަވަމުންދާ ދިއުން ކޮންޓްރޯލް ކޮށް، މިހާރަށްވުރެ ކުޑަ އަދި ހުރިހާ ރައްޔިތުންނާއި މުޅި ރާއްޖެ ތަމްސީލުވާ މަޖިލީހެއް އުފެއްދުމަކީ އެ ޕާޓީގެ އަބަދުވެސް ވަކާލާތުކުރާ ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު