ގަހަކުން ވަގަށް 200 އަނބު ބިން މީހަކު ހައްޔަރުކޮށް ބަންދު ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ، 34 އަހަރުގެ، އަޒްނީފް މުހައްމަދު ކިޔާ މީހެކެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް ދިހަ ދުވަސް ޖަހައިފައެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި، އެ މީހާ ހައްޔަރު ކުރި ވަގުތު ސީނުން އަނބު ބިންނަން ގެންގުޅުނު ދަނޑިއެއް ފެނިފައިވެ އެވެ. ގަހުން ބިނދެފައިވާ އަނބުތައް ފެނުނީ އޭނާ ގެންގުޅުނު ދަބަހެއްގެ ތެރެއިން ކަމަށްވެސް އަމުރުގައިވެއެވެ.
އޭނާގެ މައްޗަށް ފުލުހުން ކުރަނީ ހުއްދަ ނޫން ތަނަކަށް ވަނުމާއި ވައްކަން ކުރުމުގެ ތުހުމަތެވެ.
އަޒްނީފަކީ ބަންދު ރެކޯޑްއާއި ހައްޔަރުގެ ރެކޯޑް ގިނަ މީހެކެވެ. އެގޮތުން އޭނާ މިހާތަނަށް 38 ފަހަރު އޭނާ ހައްޔަރުކޮށްފައިވާއިރު، 19 ފަހަރު ބަންދަށް ބަދަލުކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ވައްކަން ކޮށްގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު