އުރީދޫ ޑްރޯން ރޭސް 2023 ސްކައި ވޯކާ ކޮލިފައިން ބުރު ނިންމާލުމަށްފަހު އަންނަ ހުކުރު ދުވަހު ފައިނަލް ބޭއްވުމުގެ ތައްޔާރީތައް ފަށައިފިއެވެ.
އުރީދޫ މޯލްޑިވްސް އިން އިއްޔެ ބުނީ ސްކްއި ވޯކާ ކެޓަގަރީގެ ކޮލިފައިން އިއްޔެ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާފައިވާ ކަމަށެވެ. ސްކައި ވޯކާ ކެޓަގަރީއަށް ރަޖިސްޓްރީވުމުގެ ފުރުސަތު 30 ޕައިލެޓަކަށް ދީފައިވާއިރު، ކޮލިފައިން ރައުންޑުން މޮޅުވެ ފައިނަލް ބުރުން ޖާގަ ހޯދާފައިވަނީ ނުވަ ޕައިލެޓުން ކަމަށް އުރީދޫން ބުންޏެވެ.
ފައިނަލް ބުރުން ޖާގަ ހޯދި ޕައިލެޓުންގެ ތެރޭގައި 13 އަހަރުގެ ޕައިލެޓަކުވެސް ހިމެނޭ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ ޑްރޯން ރޭސް 2023ގެ ފައިނަލް އޮންނާނީ ޑިސެމްބަރު މަހުގެ 22 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ފައިނަލް ރޭހުގައި ދެ ޑައިނަމިކް ކެޓަގަރީ އެއްކަމަށްވާ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައިނޮން-އެފްޕީވީ ޑްރޯންސް) ގެ ޕައިލެޓުން ބައިވެރިވާނެއެވެ. މިއީ އެންމެ ކުރުމުއްދަތެއްގެ ތެރޭގައި ރޭސް ނިންމުމަށް ބައިވެރިން ވާދަކުރާ ރޭހެކެވެ.
އުރީދޫ ޑްރޯން ރޭސް 2023ގެ ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓަގަރީގެ ބައިވެރިން ވާދަކޮށް ވަނަތަކަށްދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދޭން ވަނީ ނިންމައިފައެވެ.
- 1 ވަނަ އިނާމު: ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) އެއް
- 2 ވަނަ އިނާމު: 5ޖީ އެއާފައިބާ ޑިވައިސް + 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (1536 ޖީބީ)
- 3 ވަނަ އިނާމު: 2000 ރުފިޔާގެ މޫލީ ވައުޗާ
- 1 ވަނަ އިނާމު: ޑީޖޭއައި މިނީ 2 އެސްއީ އެއް
- 2 ވަނަ އިނާމު: 5ޖީ އެއާފައިބާ ޑިވައިސް + 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް(750ޖީބީ)
- 3 ވަނަ އިނާމު: 1000 ރުފިޔާގެ މޫލީ ވައުޗަރާ
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި