ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ވައިސް ޗެއާގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން އިންތިހާބުކޮށްފިއެވެ.

ޖޭއެއެސްސީގެ ވައިސް ޗެއާގެ މަގާމަށް ފަނޑިޔާރު ޝުޖޫން އިންތިހާބުވުމާ ގުޅިގެން، އެ ކޮމިޝަނުން ވަނީ ފަނޑިޔާރު ޝުޖޫންއަށް މަރުހަބާ ދަންނަވައިފައެވެ. މިއީ ޖޭއެސްސީގެ ވައިސް ޗެއާގެ މަގާމަށް އަންހެން ބޭފުޅަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޝުޖޫން އައްޔަން ކުރެއްވީ 2019 ވަނަ އަހަރުއެވެ. ފަނޑިޔާރު ޝުޖޫންއަކީ ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އައްޔަންކުރެއްވި އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ފަނޑިޔާރެކެވެ.

ފަނޑިޔާރު ޝުޖޫން ވަނީ ސިވިލް ކޯޓުގެ ގާޒީގެ މަގާމު، ބާ ކައުންސިލްގެ އެގްޒެކެޓިވް މެމްބަރުކަން އަދި ކުރީގެ ޖަސްޓިސް މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވައިފައެވެ.