ހައްޔަރުކުރުމުގެ އަމުރުގެ ކޮޕީއެއް ހަވާލުނުކޮށް، ފުލުސް އޮފިސަރުގެ ފޯނުން އެ އަމުރު ދެއްކުމަށްފަހު ހައްޔަރުކުރުމުން ކޯޓުން ދޫކޮށްލި މީހާ އަލުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްުޔަރުކޮށްފައި ވަނީ ގއ. ވިލިނގިލީ/ ޒިއުރިކްވިލާ، ހަސަން ތައުފީގު، 39އ އެވެ. އޭނާ ފުރަތަމަ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުއެވެ. ނަމަވެސް ބަންދުކުރި އިޖުރާއަތް ގޯސް ކަމަށް ކަނޑައަޅައި އެ ކޯޓުން އޭނާ ދޫކޮށްލިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ދެވަނަ ފަހަރަށް ހައްޔަރުކުރީވެސް ވައްކަމާއި ހުއްދަ ނޫން ތަނަކަށް ވަނުމާއި މުދަލަށް ގެއްލުން ދިން މައްސަލައިގައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަކް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި، އޭނާ ވަގަށް ނެގި މުދަލުގެ އަގު 400،000 ރުފިޔާއަށް އަރައެވެ.

ބަންދުގެ އަޑުއެހުމުގައި އޭނާ ބުނެފައިވާ ގޮތުން ފުލުހުން އޭނާ ހައްޔަރު ކުރީ އަނިޔާ ކުރުމަށްފަހުއެވެ. އެހެންވެ އެކަން ސާބިތުކުރަން އޭނާ ފުލުހަށް ވެއްދި އިރު، ފުލުހުންގެ ބޮޑީކެމް ރެކޯޑިން ނުވަތަ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ދެން އޮންނަ މުއްދަތު މަޖިލީހަށް ހުށަހަޅަން އައިއޯއަށް ވަނީ އަންގައިފައެވެ.

ކޯޓުގައި އޭނާ ވަނީ، އަންހެނުން ވިހައިގެން އުޅޭ ކަމަށާއި އަޅާލާނެ އިތުރު މީީހަކު ނުހުންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެކަން ކަށަވަރުނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.