ލ. އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ކުޅެވޭ ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އިހައްދޫ ސްކޫލުން އެންމެފަހުގެ ރަނަރަޕް ލ. އަތޮޅު ތައުލީމީ މަރުކަޒާ އެއްވަރު ކޮށްފިއެވެ.
ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިފައިވާ އިރު، ނަތީޖާއާއެކު ލ. އަތޮޅު ތައުލީމީ މަރުކަޒު އޮތީ ގްރޫޕް ބީގެ އެއްވަނައިގައެވެ. އެއީ ދެމެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. އިހައްދޫން މިހާތަނަށް މިއަދުގެ މެޗު އެކަނި ކުޅެފައިވާ އިރު، އެޓީމަށް ލިބުނީ ޕޮއިންޓެކެވެ. ގްރޫޕްގެ ދެވަނައިގައި އޮތީ އިސްދޫ ސްކޫލެވެ. އެއީ ފުރަތަމަ މެޗުގައި ކަލައިދޫ ސްކޫލް ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކުގައެވެ.
މިއަދުގެ މެޗު ފަށައިގެން ފުރަތަމަ ކޮޅުގައި އިހައްދޫން ލީޑު ނެގިއެވެ. ތައުލީމީ މަރުކަޒުގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި އެ ގޯލު ޖެހީ އުނައިޝް އިބްރާހީމެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފަހުކޮޅުގައި ތައުލީމީ މަރުކަޒުން ހަމަލާތައް އިތުރުކުރި ނަމަވެސް އެޓީމަށް ގޯލެއް ނުޖެހުނެވެ.
ދެވަނަ ހާފުގެ ފެށުން ދާދި ހަމަހަމަ ދިޔަ ނަމަވެސް، މެޗު ނިމެން 10 ވަރަކަށް މިނެޓަށްވެފައި ވަނިކޮށް، ލ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ތައުލީމީ މަރުކަޒުގެ ކެޕްޓަން އަހުމަދު ސަޖުލް ޝުއިބެވެ. ސަޖުލް ވަނީ މިހާތަނަށް މުބާރާތުގައި ތިން ގޯލު ޖަހައިދީފައެވެ.
ލ. އަތޮޅު ކައުންސިލްގެ މިއަހަރުގެ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޝީޝާ ޕްރައިވެޓް ލިމިޓެޑެވެ. މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:30 ކަލައިދޫ ސްކޫލް - ދަނބިދޫ ސްކޫލް
ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް
ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް
ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް
ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް