ލ. އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ކުޅެވޭ ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ހަތަރުވަނަ މެޗުގައި މިއަދު ލ. އިސްދޫ ސްކޫލުން، ލ. ކަލައިދޫ ސްކޫލް ބަލިކޮށްފިއެވެ.
ލ. އަތޮޅުގެ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް ކަމަށްވާ، އަތޮޅު ކައުންސިލްގެ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް އިއްޔެ ފެށީ ލ. ގަމު ޒޯން ސްޓޭޑިއަމްގައެވެ. އިއްޔެއާއި ރޭ މުބާރާތުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވާ އިރު، މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ މެޗުގައި އިސްދޫން ކަލައިދޫ ބަލިކުރީ 7-3 ގެ ނަތީޖާއަކުންނެވެ.
މެޗު ރަނގަޅަށް ފަށައި، ތިންވަނަ މިނެޓުގައި އިސްދޫ ސްކޫލުން ލީޑު ނެގިއެވެ. އެ ގޯލަކީ ހިލޭ ޖެހުމަކުން ތަނަވަސްކުރި ފުރުސަތުގައި ކަލައިދޫގެ ޑިފެންޑަރު އަހުމަދު އަޒޫރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އެ ގޯލާއެކު އިސްދޫން ރަނގަޅަށް ފެށި ނަމަވެސް، ކަލައިދޫން ވަނީ 10 ވަރަކަށް މިނެޓްފަހުން އެއްވަރުކޮށްފައެވެ. އެ ގޯލު ޖެހީ ކުރީކޮޅުގައި ބަދަލަކަށް ނުކުތް އައިކް އަބްދުﷲ އަލީއެވެ. އައިކްގެ ގޯލާއެކު ނަތީޖާ ހަމަހަމަކޮށް އޮވެ ހާފު ނިމެން ދަނިކޮށް، ހާފުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަނެއްކާވެސް އިސްދޫން ގޯލު ޖެހިއެވެ. އެ ގޯލު ޖެހީ ހޫދު އަހުމަދު ފަތުހީއެވެ.
ދެވަނަ ހާފު ފެށިގެން އައްޝަމް ރަޝާދާއި މުހައްމަދު ޔޫހުގެ ގޯލުތަކުން އިސްދޫން ލީޑު އިތުރަށް ފުޅާކުރި ނަމަވެސް ދެން ފެނުނީ އަނެއްކާވެސް ކަލައިދޫ ސްކޫލުން ކުޅުން ރަނގަޅު ކުރިތަނެވެ. ޒައިފް ބިން ހަސަން އަފީފް ސުލައިމާނާއި އައިކްގެ ގޯލުތަކުން މެޗުގެ ފަރަގު އެއް ގޯލަށް ކުޑަކުރި ނަމަވެސް، އިސްދޫން ފަހުކޮޅުގައި ގޯލުތައް ޖަހައި ތިން ޕޮއިންޓް ޔަގީން ކުރިއެވެ.
އިސްދޫން ފަހު 10 ވަރަކަށް މިނެޓުގައި ތިން ގޯލު ޖެހި އިރު، އޭގެ ތެރެއިން ދެ ގޯލު ޖެހީ އަހުމަދު އާނިސްއެވެ. އަދި އަނެއް ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ހޫދެވެ.
ލ. އަތޮޅު ކައުންސިލްގެ މިއަހަރުގެ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޝީޝާ ޕްރައިވެޓް ލިމިޓެޑެވެ. މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:30، ހަމަދު ސްކޫލް - މާވަށު ސްކޫލް
ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް
ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް
ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް
ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް