އާލިން ހާލަންޑްގެ އަނިޔާގެ ތަފްސީލު ބަލަމުންދާ ކަމަށާއި، ފިޓްވާނެ ކަމަށް ބެލެވެނީ ކްލަބު ވޯލްޑް ކަޕަށް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އުމުރުން 23 އަހަރުގެ ހާލަންޑަށް ސިޓީން އެންމެފަހުން ކުޅުނު ދެ މެޗުގައިވެސް ކުޅެވިފައެއް ނުވެއެވެ. ކުރިއަށް އޮތް ލީގު މެޗުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށްވެސް ހާލަންޑަށް ނުކުޅެވޭނެ ކަމަށް ކޯޗު ގާޑިއޯލާ ބުނެފައިވާ އިރު، އޭނާ ބުނީ ހާލަންޑް ފެންނާނެ ކަމަށް ބެލެވެނީ ކްލަބު ވޯލްޑް ކަޕްގެ ތެރެއިން ކަމަށެވެ.
"އަހަރެން މިހުރީ ހާލަންޑްގެ ހާލަތާ މެދު ކަންބޮޑުވެފައެއް ނޫން. ރެނދު އެޅުން ކަހަލަ ކަމެއް ވެފައެއް ނެތް. ހަމައެކަނި ކަށިގަނޑަށް ކޮންމެވެސް ވަރަކަށް އަނިޔާއެއްވެފައި ހުރީ. ދުވަހުން ދުވަހަށް ހާލަންޑްގެ ހާލަތު މޮނިޓާ ކުރަމުން މިދަނީ. އުންމީދު މި ކުރަނީ ހާލަންޑަށް ސައުދީއަށް ދެވޭނެ ކަމަށް،" ގާޑިއޯލާ ބުންޏެވެ.
ސިޓީއަށް މި ސީޒަނުގައި 19 ގޯލު ޖަހާފައިވާ ހާލަންޑް، ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން 14 ގޯލު ޖަހާފައިވެއެވެ. ސިޓީ މިވަގުތު ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް އިރު، އެޓީމުން އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.
މި ހަފުތާގެ މެޗަށްފަހު ސިޓީން ދެން ދާނީ ސައުދީ އަރަބިއާއަށެވެ. އެއީ ކްލަބު ވޯލްޑް ކަޕްގެ ސެމީ ފައިނަލް ކުޅުމަށެވެ. ސިޓީން ސެމީގައި ނުކުންނަން ޖެހޭނީ މެކްސިކޯގެ ކްލަބު ލެއޯންއާއި ޖަޕާންގެ އުރާވާ ރެޑް ޑައިމަންޑްސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ