މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ އިންޓާންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކުންފުނިން ބުނީ، ގްރޭޑް 9، 10. 11 އަދި 12 ގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުން އަމަލީ އަމަލީ ގޮތަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މި ޕްރޮގްރާމްގެތެރެއިން އެކި ހުނަރުތައް ދަސްކޮށްދީ، އެމްޕީއެލްގެ ޕޯޓް މަސައްކަތު މާހައުލުގައި ތަޖުރިބާކާރުންނާ އެކީ އަމަލީ ގޮތުން ޕްރޮގްރާމްގެ ބައިވެރިންނަށް ތަޖުރިބާ ހޯދުމުގެ ފުރުސަތު ދޭނެކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހަމަވަނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ.

އެމްޕީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (އެލްޑީޑީ) އިން އިސްނަގައިގެން ހިންގާ މި އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 އިން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އިންޓާންޝިޕްގައި، މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތާއި ގުޅުންހުރި ހުނަރާއި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް ހާއްސަ މީހުންގެ ފަރާތުން ކަމަށް އެމްޕީއެލް އިން ބުންޏެވެ.

މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ، އެމްޕީއެލްގައި އޮތް ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުން ހުރި ދާއިރާތަކަށް އެކުދިން ޝައުގުވެރިކުރުމާއި ޕޯޓުގައި ކުރާ މަސައްކަތްތަކާމެދު ދަރިވަރުން އަހުލުވެރިކުރުވުން ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

- ގްރެފިކްސް ޑިޒައިނިންގް (އެއް ޖާގަ)

- ކޮޕީ ރައިޓިން (އެއް ޖާގަ)

- ސިވިލް އިންޖިނިއަރިންގް / ސަވޭވީއިން އަދި އާކިޓެކްޗުރަލް ޑްރާފްޓިންގް (އެއް ޖާގަ)

- މެރިން ސެކްޝަން: އިންޖިނިއަރިން ރިޕެއާއެންޑް މެއިންޓެނަންސް (ދެ ޖާގަ)

- މެޝިން ޝޮޕް: ފެބްރިކޭޝަން އޮފް ބްރާސް އިމްޕެލާ (ދެ ޖާގަ)

- ކާޕެންޓްރީ (ދެ ޖާގަ)

- ޕަވާޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން އަދި އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް (ދެ ޖާގަ)

- އެޗްވީއެސީ އެންޑް އިލެކްޓްރިކަލް ސާވިސް، އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް (ދެ ޖާގަ)