ޖަރުމަނުގެ ގަދަ ބާރު ބަޔާން މިއުކް ކޮޅަށް ފަސް ގޯލު ޖަހައި، އެއިންޓްރެޗްޓް ފްރޭންކްފާޓުން މޮޅުވެއްޖެއެވެ.
ރޭގެ މެޗުގެ ކުރިން އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް ބަލިވެފައި އޮތް ފްރޭންކްފާޓުން ރޭ އެޓީމުގެ ދަނޑުގައި ބަޔާން ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. އެޓީމަކީ ޖަރުމަނު ލީގުގައި މީގެ ކުރިންވެސް ބަޔާން ކޮޅަށް ފަސް ގޯލު ޖަހާފައިވާ ޓީމެކެވެ. 2019 ވަނަ އަހަރު ފްރޭންކްފާޓުން 5-1 އިން ބަޔާން ކައިރިން މޮޅުވި އިރު، އެއީ ރޭގެ ކުރިން ލީގުގައި ބަޔާން ކޮޅަށް ފަހެތި ވަން އެންމެފަހު މެޗެވެ.
ރޭގެ ނަތީޖާއާއެކު ބަޔާން ލީގު ތާވަލުގެ ދެވަނައިގައި 13 މެޗުން 32 ޕޮއިންޓާއެކު އޮތް އިރު، އެއްވަނައިގައި ބަޔާން ލެވަކޫސަން އޮތީ 13 މެޗުން 35 ޕޮއިންޓާއެކުއެވެ. ލެވަކޫސަން އަދި މީ ސީޒަނުގައި ލީގުގައި ބަލިވެފައި ނުވާ އިރު، ބަޔާނުން ބަލިވީ ރޭގެ މެޗުން އެކަންޏެވެ.
ފްރޭންކްފާޓުން ބަނީ މެޗުގެ ފުރަތަމަ 36 މިނެޓް ތެރޭގައި ބަޔާން ކޮޅަށް ތިން ގޯލު ޖަހައިފައެވެ. އެ ގޯލުތައް ޖެހީ އޮމަރް މަރްމޫޝްއާއި އެރިކް އެބިމްބޭ އަދި ހޫގޯ ލާސަންއެވެ.
އޭގެ ފަހުން ޖޯޝުއާ ކިމިކް ބަޔާނަށް ގޯލެއް ޖަހައިދިން ނަމަވެސް، ފްރޭންކްފާޓު ފެނުނީ މާ ފޯމު ރަނގަޅުކޮށެވެ. ފަހުން އަނެއްކާވެސް ދެ ގޯލު ޖަހައި ބޮޑު މޮޅެއް ހޯދިއެވެ. އެގޯލުތައް ޖެހީ ފުރަތަމަ މިނެޓުތަކުގައި ގޯލު ޖެހި އެބިމްބޭއާއި އަަންސްގަރް ނައުފެވެ.
ބަޔާނަށް މި ހަފުތާ ތެރޭގައި ޗެމްޕިއަންސް ލީގު މެޗެއް އެބައޮތެވެ. ގަދަ 16 ޔަގީންކޮށްފައިވާ ބަޔާނުން ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖު ފަހު މެޗުގައި މި ހަފުތާ ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. މެޗަށް ނުކުންނަ އިރު، ޔުނައިޓެޑް އޮތީ ކެޓުމުގެ ތުންފަތް މަތީގައެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ