ފީފާ އަންހެން ވޯލްޑް ކަޕް 2027 ހޯސްޓް ކުރަން ބޭނުންވެ، ތިން ބިޑެއް ހުށަހަޅާފައިވާ ކަމަށް ފީފާއިން ބުނެފިއެވެ.

ފީފާއަށް ހުށަހަޅާފައިވާ ބިޑުތަކުގެ ތެރޭގައި ޖަރުމަނާއި ބެލްޖިއަމްގެ އިތުރުން ނެދަލޭންޑްސްގެ ޖޮއިންޓް ބިޑެއްވެސް ހިމެނެއެވެ. އެ ތިން ގައުމުން ވަނީ މީގެ ކުރިން އޮކްޓޯބަރު 2020 ގެ އަންހެން ވޯލްޑް ކަޕް ހޯސްޓް ކުރަންވެސް މަސައްކަތް ކޮށްފައެވެ. ޔޫރަޕްގެ ގައުމުތަކުގެ ބިޑްގެ އިތުރުން ދެން ހިމެނެނީ ބްރެޒިލާއި މެކްސިކޯ އަދި އެމެރިކާގެ ޖޮއިންޓް ބިޑަކާއި، ދެކުނު އެފްރިކާގެ ބިޑެކެވެ.

ދެކުނު އެފްރިކާގައި އަންހެން ވޯލްޑް ކަޕް ބާއްވަން ކުރިން ފީފާއިން ބޭނުންވި ނަމަވެސް، 2031 ވަނަ އަހަރުގެ މުބާރާތަށް އެގައުމުން ފޯކަސް ކުރަން، ބިޑް ވަނީ އެއްފަހަރު ނަގައިފައެވެ.

އަންހެން ވޯލްޑް ކަޕް 2027 ބާއްވާނެ ގައުމެއް ކަނޑައަޅާނީ އަންނަ އަހަރުގެ މެއި މަހު ބެންކޮކްގައި ބާއްވާ ފީފާ ކޮންގްރެސްގައި މެމްބަރު ގައުމުތަކުން ވޯޓު ދީގެންނެވެ.

އެންމެފަހުން ބޭއްވި އަންހެން ވޯލްޑް ކަޕްގެ ފައިނަލުގައި ސްޕެއިނުން ވަނީ އިންގްލެންޑް ބަލިކޮށް ތަށި ނަގައިފައެވެ. މިއަހަރުގެ އަންހެން ވޯލްޑް ކަޕް ބޭއްވީ އޮސްޓްރޭލިއާއި ނިއު ޒިލެންޑްގައެވެ.