މާލޭގެ ބައެއް ހިސާބުތަކުން މިރޭ ފެނުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީ މިރޭ ނެރުނު ނޯޓިހެއްގައި ބުނީ މިރޭ 11:00 އިން ފަތިހު 5:00 ހަމައަށް މާލޭގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ އެ މަސައްކަތް ކުރިއަށްދާއިރު މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް ބުނެފައިވެއެވެ.
ފެނުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު