ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމައިފިއެވެ.

އެމްޑީއޭން މިރޭ ކުރި އިއުލާނެއްގައި ބުނީ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ ކުރިއަށްގެންދިއުމަށް އެކުލަވާލައިފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން އަދި އެ ކޯލިޝަންގެ ލީޑާޝިޕާ އެއްބަސްވެވޭ އުސޫލެއްގެ ތެރެއިން، އިތުރު ސިޔާސީ ޕާޓީތަކަށް އެ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާތީ، އެމްޑީއޭގެ ފަރާތުން ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެމްޑީއޭގެ ފަރާތުން ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާކަމަށް އެމްޑީއޭ އިން ބުންޏެވެ.

  • 2023 ޑިސެމްބަރު 10 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީއޭގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތަކަށްވުން
  • އެމްޑީއޭގެ ފަރާތުން އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ މީހަކަށްވުން
  • ގާނޫނު އަސާސީންނާއި، ގާނޫނުތަކުން އެ އިންތިހާބަކަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަންވާ ޝަރުތުތައް ފުރިހަމަވުން
  • އަބުރުވެރި ނަޒާހަތްތެރި ފަރާތަކެއްކަމުގައިވުން

ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ 14:00ގެ ކުރިން ޕާޓީގެ އޮފީހަށް ފޯމު ހުށަހަޅަންވާނެ ކަމަށް އެމްޑީއޭ އިން ބުންޏެވެ. [email protected] ފޯމު މެއިލް ކުރެވެން ވެސް ހުންނާނެ ކަމަށް އެމްޑީއޭ އިން ބުންޏެވެ.

ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފޯމު މިއަދުން ފެށިގެން، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 14:00އަށް ޕާޓީގެ އޮފީހުން ލިބެން ހުންނާނެ ކަމަށް އެމްޑީއޭ އިން ބުންޏެވެ.