ކޮޅުވެއްޓިއެއްގައި މަސައްކަތްކުރާ ދިވެއްސަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ނ. މިލަދޫ/ ގުމުރީގެ، މުއްރަތު އަލީ (30އ) އެވެ. އޭނާ މަސައްކަތް ކުރަނީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައެވެ.
މުއްރަތުގެ އާއިލާއާ ހަވާލާދީ ފުލުހުން މިއަދު ބުނީ، އޭނާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުގެ ހަވީރު 5:00 ޖަހާކަންހާއިރު ކޮޅުވެއްޓީގައި ހުއްޓާ ކަމަށެވެ. އޭރު އޭނާ ލައިގެން ހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހެއް ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މުއްރަތުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9833000 އަށް ގުޅައި މައުލޫމާތު ހިއްސާކުރުން އެދޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު