މީގެ 11 އަހަރު ކުރިން ލޮރެންޒޯ ޕާކް ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަހުމަދު އަރުހަމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވެ ސަލާމަތްވި މީހުންގެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓުން އަލުން ބަލަން ހައިކޯޓުން މިއަދު އަންގައިފިއެވެ.

މި ދައުވާއަކީ 30 މެއި 2012 ވަނަ ދުވަހުގެ 1:00 އާއި 6:30 އާ ދެމެދުގެ ވަގުތެއްގައ،ި ހއ. ހޯރަފުށި/ ނޫރ،ީ މުހައްމަދު އަރުހަމު ލޮރެންޒޯ ޕާކުގައި ހުއްޓާ ލ.މާވަށް/ އެވާބްލޫގ،ެ މުހައްމަދު ވިސާމް އާއި ގދ.ގައްދ/ ގުންޒަރު، މުހައްމަދު ސުފްޔާން އާއި ލ. މާވަށް/ އަސަރީގެ، މަންސޫރު ޔޫސުފާއި މއ. ސީނަރީވިޔު (މިހާރުގެ އެޑްރެސް މއ. މަސްފަން) އާތިފު ރަޝީދު އިތުރު ބަޔަކާއެކު ސައިކަލުތަކެއްގައި ގޮސް މާރާމާރީ ހިންގައި އަރުހަމަށް ހަމަލާދިނުމުގެ ސަބަބުން އޭނާ މަރުވުމުގެ ސަބަބުން ކުރި ދައުވާ އެކެވެ.

މި މައްސަލައާ ގުޅިގެން ވިސާމާއި ސުފްޔާނާއި މަންސޫރާއި އާތިފް މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުގައި ދައުލަތުން ކުރިއެވެ. ނަމަވެސް ވިސާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އިސްލާމްދީނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު ނުވާނެ ގޮތަށް، އޭނާ މެރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައި، ދެން ތިބި މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރިއެވެ.

ނަމަވެސް އެ ހުކުމުގައި ދައުވާ ސާބިތުނުވި ތިން މީހުންގެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މި މައްސަލަ ބެލުމަަށްފަހު ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، ކްރިމިނަލް ކޯޓުގެ ހުކުމުގައި ސުފްޔާނާއި މަންސޫރާއި އާތިފުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވާ ބައި ބާތިލުކޮށް، އެ ގަޒިއްޔާގައި ސުފްޔާނާއި މަންސޫރާއި އާތިފުގެ މައްޗަށް ހުށަހެޅި ދައުވާގެ ބައި އަލުން ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް ތަހުވީލު ކުރާ ކަމަށެވެ.