މީގެ ކުރިން 78 ފަހަރު އެކި މައްސަލަތަކުގައި ހައްޔަރުކުރި މީހަކު، މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރީ، މ. ފޯމޫން، މުހައްމަދު ޔަޒީން 35އ އެވެ. ނަމަވެސް އޭނާ މަރުގެ އިންޒާރުދީފައި ވަނީ ކާކަށް ކަމެއް އެނގިފައެއް ނުވެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިފައެވެ.
އޭނާގެ ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅޭ ކޮންމެވެސް ވަރެއްގެ ހެކި އެބަހުއްޓެވެ. އޭނާ އަކީ މީގެ ކުރިން 78 ފަހަރު ހައްޔަރުކޮށްފައިވާ މީހެއްކަންވެސް އެނގެއެވެ،
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު