މާފުށީ ބޭރުގައި އޮތް ސަފާރީއެއްގައި ބަނގުރާ ވިއްކި ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ އެ ސަފާރީގައި ގަވާއިދާ ހިލާފަށް ބަނގުރާ ވިއްކަމުންދާ ކަމަށް ލިބުނު މައުލުމާތަކާ ގުޅިގެން މިދިޔަ މަހުގެ 30ގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނަކާއި 53 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން 21 އަހަރުގެ މީހާއަށް ހަތް ދުވަސް، 22 އަހަރުގެ މީހާއަށް 13 ދުވަސް އަދި ބިދޭސީ މީހާއަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ސަފާރީން 237 ފުޅި ބަނގުރަލާއި 309 ބިޔަރު ދަޅު އަތުލައިގެންފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު