އިންޑިއާގެ ހެލޮކޮޕްޓަރާއި ޑޯނިޔާގެ ހިދުމަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ގައުމުގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެއްބަސްވެވަޑައިގެންފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮޕް28 ސަމިޓު ނިންމަވާލެއްވުމަށް އާދީއްތަ ދުވަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ހެލޮކޮޕްޓަރާއި ޑޯނިއާގެ ހިދުމަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ދެ ގައުމުން ވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެކުލަވައިލުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކޯ ގުރޫޕުން އެ މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށް އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޯށްފައި ވެއެވެ.
ޑޯނިއާއާއި ހެލިކޮޕްޓަރުތައް މިހާރު ދުއްވަނީ އިންޑިއާ ސިފައިންނެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހެލިކޮޕްޓަރުތަކަކީ ރާއްޖެއަށް ފައިދާ ހުރި ވަސީލަތެއް ކަމަށް ރާއްޖެއިން ގަބޫލު ކުރެއެވެ.
މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގެ ބަހެއް "ވަން" އަށް ލިބޭގޮތް ވަނީ ނުވެފައެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް ރައީސް މުއިއްޒު ވަނީ ރަސްމީކޮށް އިންޑިއާގައި އެދިވަޑައިގެންފައެވެ. އަދި އެ މަސައްކަތް ހުއްޓައިނުލައްވައި ކުރިޔަށް ގެންދަވާނެ ކަމަށާއި އެ ކަމަށް އިންޑިއާއިން ފެހި ސިގްނަލް ދީފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު