ގޫގުލް ޑުރައިވައަށްލާ ފައިލްތައް ގެއްލޭ މައްސަލަ ދިމާވެއްޖެއެވެ. މިދިޔަ ހަފުތާގައި ގޫގުލްގެ ސަޕޯޓް ފޯރަމްގައި ވަނީ (ބްލީޕިން ކޮމްޕިއުޓަރު މެދުވެރިކޮށް) ގޫގުލް ޑްރައިވަށް އަޕްލޯޑް ކުރާ ފައިލްތައް ގެއްލިފައިވާ ކަމަށް ބުނެ ރިޕޯޓްކޮށްފަ އެވެ. މި މައްސަލަ ދިމާވި ކަމަށް ބުނެ ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު މިހާރު ވަނީ 400 އާ ގާތްވެފައެވެ. މި ފަދަ މައްސަލަތައް ދިމާވެގެން 2023 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ޑޭޓާ ގެއްލިފައިވާ ހާލަތްތައް ބަޔާންކޮށްފައިވާ ބައެއް މީހުންނަކީ ގޫގުލް ޑުރައިވަށް ގިނަ ފައިލްތައް އެޅުމަށް އެކައުންޓްތަކަށް ފައިސާ ދީގެން އިތުރު ޖާގަވެސް ގަނެފައިވާ މީހުންނެވެ.
ގޫގުލް ޑުރައިވަށް ފައިސާ ދައްކަގައިގެން އިތުރު ޖާގަ ގަނެފައިވާ މީހުންގެ ވިޔަފާރީގެ ޑޭޓާތައްވެސް ގެއްލިފައިވާ ކަމަށް ބުނެ ރިޕޯޓްކޮށްފައިވެ އެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް އެމީހުން ކުރި މަސައްކަތްތައްވެސް އަދިވަނީ ނާކާމިޔާބުވެފައެވެ. މިމައްސަލަ ގޫގުލް އިން ތަހުގީގު ކުރަމުން އަންނައިރު، ގޫގުލްގެ މުވައްޒަފުން ލަފާދެނީ ކޮމްޕިއުޓަރަށް (ޑެސްކްޓޮޕް) އަށް ގޫގުލް ޑްރައިވް އިންސްޓޯލްކޮށްގެން ބޭނުންކުރާ ފަރާތްތަކުން އެމީހުންގެ އެކައުންޓްތައް އެއްވެސް އިރެއްގައި ޑިސްކަނެކްޓް ނުކުރުމަށެވެ.
މި މައްސަލައިގެ އަސްލު ސަބަބު އަދި އާންމުކޮށް ނޭނގުނު ނަމަވެސް މިވަގުތު ފާހަގަ ކުރެވޭ ލަފަޔަކީ ފައިލްތައް ލޯކަލްކޮށް ބެކަޕް ކުރުން ނުވަތަ އަމިއްލަ ބެކަޕް ޕްރޮވައިޑަރެއް ބޭނުން ކުރުމެވެ. މި މައްސަލަ ހައްލުވަންދެން ތިމާގެ ޑޭޓާ އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަށާއި އަދި މި މައްސަލަ ހައްލުވަންދެން ތިމާގެ ބެކަޕްތައް އަމިއްލަ ކޮމްޕިއުޓަރުގައި ބެހެއްޓުމަށްވެސް ވަނީ ލަފާދީފައެވެ. ހަމައެކަނި ގޫގުލް ޑުރައިވަށް ބަރޯސާ ނުވުމަށް ވަނީ ލަފާދީފައެވެ. އެގޮތުން ގޫގުލް އަށް ވެސް މައްސަލައެއް ދިމާވެދާނެ ކަމަށާއި ކްލައުޑްގައި ރައްކާކޮށްފައިވާ ޑޭޓާއަކީ ރައްކާތެރި އެއްޗެއް ކަމަށް ހީވިޔަސް އޭގެ ރައްކާތެރިކަމުގެ އިންސައްތައަކީ 99.99 އިންސައްތަ ކަމަށް ބުނެފައި އެވަނީ ސަބަބެއް އޮވެގެން ކަމަށް އައިޓީ ދާއިރާގެ ފަންނުވެރިން ބުނެއެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި އެ އަދަދު ދުވަހަކުވެސް 100 ޕަސެންޓަށް ނާރުވާ ސަބަބާއި މެދު އާންމުން ވިސްނާލުން މުހިންމެވެ.
މި ޒަމާނަކީ ހުރިހާ އެއްޗެއް ކުލައުޑްގައި ނުވަތަ ގިނަ މީހުން ދަންނަ ގޮތަށް ނަމަ ޑުރޮޕް ބޮކްސް އަދި ގޫގުލް ޑުރައިވް އާއި އައިކްލައުޑްގައި ރައްކާ ކުރާ ޒަމާނެއެވެ. ހަމަގައިމުވެސް މިހާރު މުހިއްމު ފޮޓޯތަކެއް ޔޫއެސްބީ ޑްރައިވަކަށް ނޫނީ ޔޫއެސްބީ ހާޑްތަކަށް އަޅައިގެން އުޅޭ މީހުން މަދުވާނެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ