ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖޫނިއާ ޕޫލްގައި ހިމެނޭ ލައިބާ އަހުމަދު މަހްލޫފް، ސްލޮވޭނިއާގެ ލި-ނަން މެޑްވޮޑޭ ކަޕް 2023 ގެ 11 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުން ލޯ މެޑަލް ހޯދައިފިއެވެ.
މުބާރާތުގެ 13 އަހަރުން ދަށާއި 11 އަހަރުން ދަށުގެ ސިންގަލްސް އިވެންޓްގައި ލައިބާ ވާދަކޮށްފައިވާ އިރު، އޭނާ ވަނީ 13 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިވެންޓްގައިވެސް ވާދަކޮށްފައެވެ. ޑަބަލްސް އިވެންޓްގައި ލައިބާގެ ޕެއާގައި ހިމެނެނީ ސްލޮވޭނިއާގެ މުސްތަފިކް އިލާނާއެވެ.
ޑަބަލްސްގެ ގްރޫޕް ސީގައި ލައިބާ އާއި އިލާނާއަށް ހޯދުނީ އެއް މޮޅެވެ. އެއީ ތިން މެޗުންނެވެ. އެ ޕެއާއިން މޮޅުވީ ސްލޮވޭނިއާގެ ޕެއާއެއް ކަމަށްވާ ސްކްލެޕިކް ކަރީނާ އާއި ޕެޖީސާ ޕިއާ އަތުންނެވެ. އެ މެޗުން ލައިބާގެ ޕެއާ މޮޅުވީ 21-15، 21-10 އިން ސެޓުތައް ގެންގޮސްގެންނެވެ.
ލައިބާ ލޯ މެޑަލް ހޯދި އިވެންޓްގައި އޭނާ ގްރޫޕް ބީގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއެވެ. އެއް މެޗުން މޮޅުވީ އަނެއް ކުޅުންތެރިޔާ ދޫކޮށްލުމުންނެވެ. ލައިބާ ސެމީއަށް ދިޔައީ ސްލޮވޭލިއާގެ ލެޖީސާ ޕިއާ ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. އެއީ 21-9، 21-10 އިންނެވެ.
ލައިބާ ސެމީގައި ބަލިވީ އޮސްޓްރިއާ ޒާން ޕިއާ އަތުން ދެ ސެޓުން ބަލިވެގެންނެވެ. އެއީ 21-10، 21-8 ގެ ސްކޯއަކުންނެވެ.
ލައިބާ މިފަހަރުގެ މުބާރާތް ނިންމައި ދެން ވާދަކުރާނީ އަންނަ ހަފުތާ އެސްޓޯނިއާގައި އޮންނަ ޔޮނެކްސް އެސްޓޯނިއަން ޔޫތު އިންޓަނޭޝަނަލް 2023 ގައެވެ. މިހާތަނަށް ލައިބާއަށް ބައިނަލްއަގުވާމީ ހަ މެޑަލްއެއް ލިބިފައިވެއެވެ. އެއީ ޖޫނިއާ ކެޓަގަރީގެ އޯޕަން މުބާރާތްތަކުންނެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން