މާލޭ ސިޓީއަށް މޭޔަރަކު ހޮވުމަށް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ.
އެމްޑީޕީގެ ޓިކެޓް އާޒިމަށް ލިބިފައިވަނީ، ޕްރައިމަރީގައި ވާދަކުރުމަކާ ނުލައެވެ. އެއީ މޭޔަރުކަމުގެ ޕްރައިމަރީއަށް އެމްޑީޕީން ހުޅުވައިލި ފުރުސަތު އިއްޔެ ހަވީރު 4:00 އަށް ހަމަވި އިރު، އެ ޓިކެޓަށް އާޒިމް ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީއެވެ.
މީގެ ކުރިން މާލޭ ސިޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެ، ކެމްޕެއިން ފެއްޓެވި ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ޕްރައިމަރީއަށް ކުރިމަތިލައްވާފައެއް ނުވެއެވެ.
އެމްޑީޕީން ބުނީ، މޭޔަރުގެ ޓިކެޓްގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ އެހެން ދާއިރާތަކަށް ވާދަކުރަން ކުރިމަތިލި ފަރާތްތަކަށްވެސް ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު