އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އިން ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި ރޭ ކުޅުނު މެޗަކީ ޔޫވީން މި ސީޒަނުގެ ލީގުގައި ކުޅުނު ފަހު މެޗެވެ. އެ މެޗު 4-3އިން އެޓީމު ކާމިޔާބުކުރި އިރު، ބުރަށް ދެން ބާކީ އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
ޔޫވީން ސީޒަން ނިންމާލި އިރު، އެޓީމު ހަ ވަނައިގައި އޮތީ 14 މެޗުން 12 ޕޮއިންޓާއެކުގައެވެ. ފަސް ވަނައިގައި އޮތް ބުރު ސްޕޯޓްސް ކްލަބަށް ވަނީ 13 މެޗުން 18 ޕޮއިންޓް ލިބިފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، މުހައްމަދު ނާއިމް ވަނީ ބުރަށް ލީޑު ނަގައިދީފައެވެ. އެ ގޯލާއެކު ދެވަނަ ހާފަށް ލީޑުގައި ނުކުތް ބުރުން އެ ހާފުގެ ފެށުންވެސް ރަނގަޅު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 61 ވަނަ މިިނެޓުގައި މުހައްމަދު ހުޒައިފުގެ ގޯލުން ބުރު ވަނީ ލީޑުފުޅާކޮށްފައެވެ.
މެޗުގައި ޔޫވީން ފަހަތުން އަރައި ތިން ގޯލު ޖެހި އިރު، އެޓީމުގެ ފުރަތަމަ ގޯލު 70 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ފައިޒާން ފަޒީނެބެ. ދެ ވަނަ ގޯލު ޖަހައި، ނަތީޖާ ހަމަަހަމަކޮށްދިނީ 74 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އަރީން އަބްދުﷲ އެވެ. ޔުނައިޓެޑް ވިކްޓަރީއަށް ލީޑު ހޯދައިދިން ގޯލު ޖެހީ 87 ވަނަ މިނިޓްގައި ޝަނާން ރަޝާދެވެ.
އެ ގޯލާއެކު ޔޫވީ މޮޅުވާން ދަނިކޮށް، އަނެއްކާވެސް އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ނާއިމް ވަނީ ގޯލެއް ޖަހައި ބުރަށް އެއްވަރުކޮށްދީފައެވެ. މެޗުން ޔޫވީ މޮޅުވި ގޯލު، ފަހު މިނެޓުގައި ޖެހީ ލޫތު އިބްރާހިމެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު