ރާއްޖޭގައި އެއިޑްސްއަށް ފަރުވާ ހޯދަމުންދާ 22 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން އެޗްޕީއޭން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 40 މީހަކު ވަނީ އެއިޑްސް ޖެހިފައެވެ. އެއީ ހަތަރު އަންހެނުންނާއި 24 ފިރިހެނުން ކަމަށް އެޗްޕީއޭން ބުންޏެވެ.
އެއިޑްސް ޖެހުނު 40 މީހުންގެ ތެރެއިން 15 މީހަކު މަރުވެފައިވާ ކަމަށް އެޗްޕީއޭން ބުންޏެވެ. އަދި މިވަގުތު އެއިޑްސްއަށް ފަރުވާ ހޯދަމުންދަނީ 22 މީހަކު ކަމަށް އެޗްޕީއޭން ބުންޏެވެ.
އެޗްއައިވީ ވައިރަސްގެ ޒަރިއްޔާއިން ޖެހޭ އެއިޑްސް ބަލީގެ މީހަކު ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުގައެވެ.
އެއިޑްސްއަށް ރާއްޖެއިން ދެމުން އަންނަނީ އެންޓިރެޓްރޯ ވައިރަލް ޓްރީމެންޓެކެވެ. އެ ޓްރީމެންޓް ރާއްޖެއިން ދޭން ފަށާފައިވަނީ 2004 ވަނަ އަހަރުން ފެށިގެންނެވެ. އެޗްއައޮވީން ރައްކާތެރިވުމަށް ބޭނުންވާ "ޕްރީ އެކްސްޕޯޝާ ޕްރޮފިލެކްސިސް އޯއާރް" ރާއްޖެއިން ލިބެން ހުރެއެވެ.
މި އަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ލެޓް ކޮމިއުނިޓީސް ލީޑް" އެވެ.
ޚަބަރު
ޚަބަރު
ޚަބަރު