އުރީދޫގެ މުވައްޒަފުން ތަރައްގީކޮށް، ތަމްރީނު ދޭން އުރީދޫ ގްރޫޕުން އުރީދޫ ލާނިން އެކަޑަމީ (އޫލާ)ގެ ނަމުގައި އެކަޑަމީއެއް ތައާރަފްކޮށްފިއެވެ.
ގަތަރުގެ ދޯހާގައި ހުންނަ އުރީދޫގެ އޮފީހުން މި މަހުގެ 21ގައި ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެކަޑަމީއަކީ އުރީދޫން އެމީހުންގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުގެ ފުރުސަތުތައް ހޯދައިދީ، ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި މުވައްޒަފުން ފައިހަރުކުރުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތު ކަމުގެ ހެއްކެއް ކަމަށެވެ. އަދި އެ ކުންފުނިން އެ މުވައްޒަފުން ތަމްރީނު ކުރުމަށް ކުރާ މަސައްކަތް އާ ހަރުފަތަކަށް ފުޅާވެގެން ދާނެ ކަމަށް ބުންޏެވެ.
އޯލަގެ ސަބަބުން މުވައްޒަފުންގެ މެދުގައި ހުނަރުގެ ފަރަގު ކުޑަވުމާއި ވިޔަފާއިއަށް ބޭނުންވާ ހާއްސަ ހުނަރުތައް ދަސްކުރުމުގެ މަގުފަހިގެންދާނެ ކަމަށާއި މުވައްޒަފުންގެ މެދުގައި ހުނަރުގެ ވަރުގަދަ މާކެޓެއް އުފެދިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫ ގުރޫޕުގެ ޗީފް އެޗްއާރް އޮފިސާ ފާތިމާ ސުލްތާން އަލް ކުވާރީ ވިދާޅުވީ ޓެކްނޮލޮޖީއަށް އަވަސް ބަދަލުތަކެއް އައިސް އިންޑަސްޓްރީ އެއްކޮށް ބަދަލުވަމުންދާ އިރު، އެކަންކަން ދަސްކުރުމަކީ މުވައްޒަފުންނަށް މުހިންމު ކަމެއް ކަމަށެވެ. އަދި އޯލަ އަކީ އެ މިސްރާބަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.
އުރީދޫއިން މީގެ ކުރިންވެސް މސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ދަސްކޮށްދިނުމާއި މެންޓަރިން ފަދަ ގޮތްގޮތުން މުވައްޒަފުން ތަމްރީނުކުރާ ކަމަށް ބަޔާނުގައި ބުންޏެވެ. އަދި އޯލަ އިފުތިތާހު ކުރުމާއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ހުންނަ އުރީދޫ އޮފީސްތަކުގެ މުވައްޒަފުންނަށް އެ މުވައްޒަފުންނަށް ބޭނުންވާ ލޯކަލައިޒްޑް ތަމްރީނު ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ބުންޏެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި