އުރީދޫ ފަން ރަންއަށް ރަޖިސްޓާ ކުރުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެއެވެ.
ފަން ރަންއަށް ރަޖިސްޓާ ކުރުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އެ މުއްދަތު މާދަމާ ރޭ 12:00 އަށް ހަމަވާ އިރު، އެ އިވެންޓު ބާއްވާނީ އަންނަ މަހުގެ 22ގައެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އެ އިވެންޓަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމެވެ. އެ ދުވުމަށް ރަޖިސްޓާ ކުރާނީ http://ore.do/funrun2023 މި ލިންކް މެދުވެރިކޮށެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އެ އިވެންޓު ބާއްވަނީ ޑްރޯން ރޭހަކާވެސް އެކުގައެވެ. ރަންގައި ބައިވެރިވާ މީހުން ބޭނުންކުރާ ކިޓުތައް ގަންނަންވެސް ހުލުވާލާފައިވާ އިރު، ދެ ކެޓަގަރީއެއްގެ ކިޓު މިފަހަރު ވިއްކައެވެ.
އުރީދޫގެ https://mool.ee/funrun2023 ލިންކް މެދުވެރިކޮށް ވިއްކާ އެ ކިޓުތަކުގެ ތެރެއިން ސްޓޭންޑާޑް ކިޓް ލިބެނީ 100 ރުފިޔާއަށެވެ. އެ ކިޓުގައި ހިމެނެނީ ފަން ރަން ޓީޝާޓަކާއި ރިސްޓް ބޭންޑެކެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓުގައި ޓީޝާޓާއި ރިސްޓް ބޭންޑުގެ އިތުރުން ގޮގްލްސް އާއި ބެންޑެނާ އަދި ފޮތި ކޮތަޅެއްވެސް ހިމެނެއެވެ.
މި ފަހަރުގެ ދުވުމުގައި ބޭނުންކުރާ ބިބް އަމިއްލައަށް ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ހުލުވަލާފައިވާ ކަމަށް އުރީދޫއިން ބުންޏެވެ. އެގޮތުން ރަޖިސްޓާ ކުރާ ވަގުތު، ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސްގައި ބޭނުންވާ ނަމެއް ޖެހޭ ގޮތަށް އިން އިރު، އެ ނަަމަކީ ހަތް އަކުރަށްވުރެ ދިގު ނޫން ނަމަކަށް ވާން ޖެހެއެވެ.
އުރީދޫ ފަންރަންގައި ކޮންމެ ކިލޯމީޓަރެއް ކައިރީގައި ބަހައްޓާފައި ހުންނަ ސްޓޭޝަންތަކުގައި، ކުލަ، ފެން، ފޯމް އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގުކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި