އެކްޓިވް ނޫން ގޫގުލް އެކައުންޓްތައް އަންނަ ހުކުރު ދުވަހުން ފެށިގެން ޑިލީޓް ކުރަން ގޫގުލް އިން ނިންމައިފިއެވެ.

ގޫގުލް އިން އެ ކުންފުނީގެ ޕޮލިސީއަށް މިދިޔަ މެއި މަހު ގެނެސްފައިވާ ބަދަލުގެ ދަށުން ގޫގުލް އެކައުންޓް ތަކުގެ ތެރެއިން އެކްޓިވް ނުވާތާ ދެ އަހަރު ވެފައިވާ އެކައުންޓްތައް ނައްތާލުމަށް ވަނީ ނިންމާފައެވެ.

ގޫގުލް އިން އެ ކުންފުނީގެ ޕޮލިސީއަށް ބަދަލު ގެނެސްފައިވަނީ ގޫގުލް ބޭނުންކުރާ ފަރާތްތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. މިދިޔަ އޮގަސްްޓް މަހުން ފެށިގެން ގޫގުލް އިން ވަނީ އެކްޓިވް ނޫން އެކައުންޓްތަކަށް މެއިލްވެސް ކޮށްފައެވެ.

ގޫގުލް އިން ވަނީ އެކްޓިވް އެކައުންޓް ތަކުގެ އިތުރުން އެކައުންޓް ހެދުމަށްފަހު ބޭނުން ނުކުރާ އެކައުންޓްތައްވެސް ޑިލީޓް ކުރުމަށް ނިންމާފައެވެ.