ހަތަރު ގައުމެއްގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ބޭފުޅުންގެ ނަން އަނބުރާ ގެންދަވަން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުވާފައި ވަނީ، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މއ. ރުއްކުރި މަރްޔަމް މިދުފާ ނައީމް އަދި ރާއްޖޭން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް ސ. ހުޅުދޫ އަސަރީގެ، ޝިއުނީން ރަޝީދުގެ އިތުރުން "ރިޕަބްލިކް އޮފް ޗައިނާ" އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް ހުދާ އަލީ ޝަރީފް، އަދި ޕާކިސްތާނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުކަމަށް ހ.ސެލީނާ ހަދީޖާ ނަޖީހާ ހަމަޖެއްސެވުމަށެވެ.
އޭގެ އިތުރުން ބްރޯޓްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށާއި ހިއުމަންރައިޓްސް ކޮމިޝަން އޮފް ކޯލްޑިވްއަށް މެންބަރަކު އައްޔަން ކުރުމަށް މަޖިލީހަށް ފޮނުއްވުމުން، މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިޔާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ބޭފުޅުންގެ ނަންފުޅުތައްވެސް ރައީސް މުއިއްޒު ވަނީ އަނބުރާ ގެންދަވަން އަންގަވައިފައެވެ.
އެބޭފުޅުންގެ ނަންނަތައް މަޖިލީހަށް އިއުލާން ކުރެއްވުމަށްފަހު، މިހާރު ކުރިއަށްދަނީ ހާރިޖީ ކޮމިޓީން އެ ނަންތައް ދިރާސާ ކުރުމުގެ މަސައްކަތްތަކެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އެބޭފުޅުންގެ ނަންފުޅުތައް އަނބުރާ ގެންދިއުމަށް ނިންމަވައި މިމަހުގެ 22 ވަނަ ދުވަހު ރައީސުލްޖުމްހޫރިްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައިވާތީ އެ ނަންފުޅުތައް އަނބުރާ ގެންދަވާފައިވާ ކަމަށެވެ.
- ޝިހާމާ މުހައްމަދު ވަހީދު ދަފްތަރު 5143
- ޝާން ސާލިހު މުހައްމަދު ފިނިވާދީ ދ. ކުޑަހުވަދޫ
- ހުސެއިން އަމްރު ވ. ރޯޝަން
- ޝަފާ ޝަފީގު ބިއްލޫރި ވިލާ ދ. މީދޫ
- މުނީޒާ އަފީފު އަލި ދޯދީ ގދ. ތިނަދޫ
- އަހުމަދު އަބުދުﷲ ސައީދު މ.މުހައްމަދީ އާޞާދު
- އާއިޝަތު ޝާއިފާ ޝާހިދު އިހާ ޅ. ހިންނަވަރު
- އިބްރާހިމް ހަމްޒާ ހަލީލް ގ.ސުރުމުތި
- އައިޝަތު ހުސެއިން މަނިކު ހ.ރީނދޫ ކޮކާގެ
- އަމީރާ ނައީމު ހ.ގުރުސް
- އަލީ ޝާމް ޑާބަން ގދ. ތިނަދޫ
- ޝަޒައިލް ސިޔާމް ކަނޑުފގެހި ގއ.ވިލިނގިލި
- އަހުމަދު އިފްއަތު ސީޕިޔާގެ ރ. މަޑުއްވަރީ
- ޝަފީގާ ނައީމު ބީޗް ސައިޑް ފ.ނިލަންދޫ
ޚަބަރު
ޚަބަރު
ޚަބަރު