މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ފުރަތަމަ ފަހަރަށް އެތުލީޓުންގެ ފޯރަމެއް ފަށައިފިއެވެ.
މިއީ ރާއްޖޭގެ ފުޓުބޯޅަ ތާރީހުގައި އެތުލީޓުންގެ ހައްގުތަކަށް ވާހަކަ ދައްކައި، އެތުލީޓުންގެ އަޑު އެންމެ މަތީ ފަންތިއަށް ގެންދަން ފޯރަމެއް ބާއްވަމުންދާ ފުރަތަމަ ފަހަރެވެ. މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި އެތުލީޓުން ބައިވެރިވަމުންދާ އެތުލީޓުންގެ ފޯރަމް ކުރިއަށްގެންދާ އިރު، ފޯރަމްގައި އޮލިމްޕިކް ކޮމިޓީގެ އިސް ފަރާތްތަކާއި ކުޅިވަރު އާއިލާގެ އެންމެ އިސް ފަރާތްތައްވެސް ވަނީ ޕެނަލިސްޓުންގެ ގޮތުގައިވެސް ފެނިގެން ގޮސްފައެވެ.
މިއަދުގެ ސެޝަންތަނުގައިވެސް އެކިއެކި އިސް ފަރާތްތައް ބައިވެރިވެފައިވާ އިރު، އާ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއުގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލާއި އެތުލީޓްސް ކޮމިޝަންގެ އިސް ބޭފުޅުންވެސް ޕެނަލިސްޓުންގެ ގޮތުގައި ފެނިގެން ދިޔައެވެ.
މިއަދުގެ ސެޝަންތަކުގައި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ ޗެއާޕާސަންގެ ހާއްސަ ވީޑިއޯ މެސެޖެއް ދައްކާފައިވެއެވެ. އެ މެސެޖުގައި އެތުލީޓުންގެ މަސައްކަތްތަކަށް ހިތްވަރުދެއްވައި، ހައްގުތަކަށް މަސައްކަތް ކުރާ ކުރުމަށް ހިތްވަރު ދެއްވިއެވެ. އައިއޯސީގެ ޗެއާޕާސަންގެ އިތުރުން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ހާއްސަ މެސެޖެއްވެސް ފޯރަމްގައި އިއްވާފައިވެއެވެ.
މިއަދުގެ ފޯރަމްގައި ކުޅިވަރާ ބެހޭ ވަޒީރާއި އެތުލީޓުންގެ ހާއްސަ ސުވާލާއި ޖަވާބު ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައިވާ އިރު، އެތުލީޓުންގެ ކަންބޮޑުވުންތައް ހިއްސާކޮށް، ސާފުކޮށްދޭން ޖެހޭ ކަންކަން މިނިސްޓަރު ވަނީ ސާފުކޮށްދެއްވައިފައެވެ.
ދެ ދުވަހަށް ތާވަލުކޮށްފައިވާ ފޯރަމްގައި އެތުލީޓުންގެ ވެލްފެއާއާއި ތަމްރީނު ފުރުސަތުތައް، ފަންޑިން ފުރުސަތުތަކާއި ކުޅިވަރުގެ އެހެނިގެން ކުރިއެރުންތަކަށްވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވެއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ