ޖަޕާނުގެ އައިޗީ-ނަގޯޔާގައި އޮންނަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ކޮންޓިންޖެންޓްގެ ކަންކަމާ ހަވާލުވެގެން ދާ ޗެފް ޑި މިޝަނެއްގެ ގޮތުގައި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ޗެއާޕާސަން އަހުމަދު ނާސިފް ހަމަޖައްސައިފިއެވެ.
އޭޝިއަން ގޭމްސްއަށް ދާ ރާއްޖޭގެ ކޮންޓިންޖެންޓްގެ އަދަދަކީ 81 އެކެވެ. ރާއްޖޭން މިފަހަރު ހަތް ކުޅިވަރެއްގައި ވާދަކުރާނެއެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިންގައެވެ. ރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނެނީ ހަތް ކުޅިވަރުގެ 42 އެތުލީޓުންނާއެކު 18 އޮފިޝަލުންނެވެ. ދެން ކޮންޓިންޖެންޓްގައި ހިމެނޭނީ މީޑިއާގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޓީމާއި މެޑިކަލް އަދި ސްޕޯޓްސް މިނިސްޓްރީގެ ބޭފުޅުންނެވެ.
މިއަދު މީރުމާ އިވެންޓްގައި ޔޫތު އޮލިމްޕިކްސްއާއި އޭޝިއަން ގޭމްސްއަށް ދާ އެތުލީޓުންނަށް ބޭއްވި ހާއްސަ އިވެންޓްގައި ނާސިފް ބައިވެރިވެވަޑައިގެންފައިވެއެވެ. އިއްޔެގެ އިވެންޓްގައި ފްލެގް ބެއަރާސްއާ ދިދަ ހަވާލުކޮށްފައިވެއެވެ. އެތުލީޓުންނާ ދިދަ ހަވާލުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.
އިވެންޓަށްފަހު ބޭއްވި ޕްރެސްގައި ނާސިފް ވިދާޅުވީ ރާއްޖޭގެ ކޮންޓިންޖެންޓަށް ހަމަޖައްސަން ޖެހޭ ކަންކަން ގާތުން ބަލަމުންދާ ކަމަށާއި، އެޑްވާންސް ޓީމެއް ގޮސް، އެންމެ ރަނގަޅަށް އިންތިޒާމުތައް ހަމަޖައްސަން މަސައްކަތް ކުރާ ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ ހޯސްޓް ގައުމުން ވާން ޖެހޭ ތައްޔާރީތައް މިހާރުވެފައި އޮތް ކަމަށާއި، އެންމެ ފުރިހަމައަށް ކަންކަން ކުރިއަށް ގެންދަން މަސައްކަތްތައް ރޭވިފައިވާ ކަމަށެވެ.
ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ޗެއާމަނަކަށް މިހާރު ހުންނެވި ނާސިފް 2018 ވަނަ އަހަރުން ފެށިގެން އެމްޕީބީއޭގެ ޗެއާޕާސަން ކަމުގައި ހުންނެވި އިރު، މިހާރު ފުރުއްވަމުން ގެންދަވަނީ ދެވަނަ ދައުރެވެ.
މުޙައްމަދު ޝަމްޢޫން
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
ކޮމެންޓް