އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ސްޕެއިންގައި ހައްޔަރުކޮށްފައި ހުރި ޑެނީ އަލްވޭސްއަށް ނުވަ އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ސްޕެއިންގެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިއްޖެއެވެ.
އުމުރުން 39 އަހަރުގެ އަލްވެސް، މިދިޔަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައި ހައްޔަރުކުރީ ބާސެލޯނާގެ ނައިޓް ކުލަބެއްގައި ހިންގި ހަމަނުޖެހުމެއްގައެވެ. އަލްވޭސް ހައްޔަރުކޮށްފައިވަނީ ނައިޓް ކްލަބުގައި އަންހެނަކަށް ޖިންސީ ގޯނާކުރަން އުޅުނު ކަމުގެ ތުހުމަތުގައެވެ. އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށަހަޅާފައިވަނީ ރުހުމާނުލައި ޑެނީ އަލްވޭސް އޭނާ ގައިގައި އަތްލައި ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނެއެވެ.
އެ މައްސަލައިގައި އަލްވޭސް ބުނެފައިވަނީ އެ ބުނާ ނައިޓް ކުލަބަކަށް އޭނާ ދިޔަ ނަމަވެސް، އެއްވެސް މީހެއްގެ ގަޔަށް އަތްލައި، އެ ބާވަތުގެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.
މި ވަގުތުވެސް ހައްޔަރުގައި ހުރި އަލްވޭސްއަށް ކަފާލާތުގެ ދަށުން ލުއި ދީ، ގޭ ބަންދަށް ބަދަލުކުރަން މި އަހަރު ފެބްރުއަރީ މަހު އޭނާގެ ވަކީލުން ކޯޓުގައި އެދުނު ނަމަވެސް، ފަނޑިޔާރު ނިންމެވީ އެ ލުއި ނުދޭށެވެ. އެހެންކަމުން އަލްވޭސް އަދިވެސް ހުރީ ހައްޔަރުގައެވެ.
އަލްވޭސްގެ މައްސަލައިގައި ސްޕެއިންގެ ޕްރޮސިކިއުޓާ އޮފީހުން އެދިފައިވަނީ އޭނާއަށް ނުވަ އަހަރުގެ ޖަލު ހުކުމަކާއެކު އަންހެން މީހާއަށް ލިބުނު ގެއްލުމަށް 150،000 ޔޫރޯގެ ބަދަލެއް ދިނުމަށެވެ. މިދިޔަ އޮގަސްޓް މަހު އަލްވޭސް ކޯޓަށް ހާޒިރު ކުރުމަށްފަހު ކޯޓުން ނިންމީ ހެކި ލިބިފައިވުމާއެކު އިތުރު އަޑުއެހުމެއް ބޭއްވުމަށެވެ. ނަމަވެސް ދެން އަޑުއެހުން ބާއްވާ ތާރީހެއް އަދި ކަނޑައެއް ނާޅައެވެ.
ބްރެޒިލް
ބްރެޒިލް
ބްރެޒިލް
ބްރެޒިލް