ޗައިނާގައި ނިއުމޯނިޔާ ފެތުރުން އިތުރުވާތީ ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޗައިނާގައި ގޮތްނޭންގޭ ނިއުމޯނިއާގެ ބާވަތެއް އިތުރުވެ އެގައުމުގެ ގިނަ ސަރަހައްދުތަކަކަށް އެބަލީގެ އަސަރު ފެތުރި ނުރައްކާވުމާއެކު ޑަބްލިއުއެޗްއޯ އިން ވަނީ އެކަމުގެ ހަގީގަތް ހާމަކުރުމަށް ގޮވާލައިފައެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ޗައިނާގައި ނިއުމޯނިއާގެ ބާވަތެއް ފެތުރެން ފަށައި އެކަމުގެ ނުރައްކާ އިތުރުވުމާއެކު އެބަލީ ގެ މައުލޫމާތު ހޯދުމަށް މަސައްކަތް ފަށައިފައެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ޗައިނާއިން އެބަލިމަޑުކަމުގެ އިތުރު މައުލޫމާތު ދިނުމުން އެކަމުގައި އެޅޭނެ ފިޔަވަޅުތަކެއް ނިންމުމަށް ފަސޭހަވެގެންދާނެ ކަމަށް ބުނެފައެވެ.

ސިއްހީ މާހިރުން ވަނީ ޗައިނާގައި ކޮވިޑަށް އެޅި ފިޔަވަޅުތައް އުވާލުމާއެކު ގިނަ ބަލިތައް އިތުރުވާން ފެށި ކަމަށް ބުނެފައެވެ. މިފަހަރު ފެތުރެން ފަށާފައިވާ ނިއުމޯނިއާގެ ގޮތް ނޭންގޭ ބާވަތަކީ ވެސް އޭގެން ބާވަތެއް ކަމަށް މާހިރުން ފާހަގަކޮށްފައިވެއެވެ.

ޗައިނާ އިން ވަނީ މި މަހުގެ 13 ވަނަ ދުވަހު އެގައުމުގައި ނޭވާލުމަށް ޖެހޭ ބައްޔެއް އިތުރުވެފައިވާކަން ހާމަކޮށްފައެވެ.

ކުރިޔަށް އޮތީ ޗައިނާ އަށް ފިނިމޫސުން ކަމުން އެގައުމުގައި ބަލި ފެތުރުން ދެގުނަ އިތުރުވާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.