މާލެ ސިޓީގެ ހުރިހާ މުނިސިޕަލް ހިދުމަތެއް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމުގެ އިދާރީ މަސައްކަތްތައް ރައީސް އޮފީހުން މިއަދު ފަށައިފިއެވެ.
މާލެ ސިޓީގެ ހުރިހާ މުނިސިޕަލް ހިދުމަތެއް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި އިދާރީ މަސައްކަތްތައް ފުރިހަމަވުމުން، މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތްތައް ދެމުން އަންނާނީ މާލޭ ސިޓީ ކައުންސިލުން ކަމަށެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މައިގަނޑު މުނިސިޕަލް ހުރިހާ ހިދުމަތެއް މިހާރު ދެމުން ގެންދަނީ އާބަންކޯއިންނެވެ.
މާލެ ސިޓީގެ ހުރިހާ މުނިސިޕަލް ހިދުމަތްތަކެއް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމަވާފައިވާ ކަންކަމުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު