ހުޅުމާލޭގައި ކާރަކާއި ތިން ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި މިރޭ ހިނގި އެ އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ދެ ސައިކަލެއްގައި ތިބި ހަތަރު މީހަކަށް ކަމަށާއި އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުން ކަމަށެވެ. އަދި އޭގެ ތެރެއިން އަންހެނަކާއި ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު އަންނަނީ އެ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު