ނޯވޭއިން ޔޫރޯ 2024 ކޮލިފިކޭޝަންގައި މިރޭ ސްކޮޓްލޭންޑާ ދެކޮޅަށް ކުޅެން އޮތް މެޗުގައި ޓީމުގެ ތަރި އާލިން ހާލަންޑަށް ނުކުޅެވޭނެ ކަމަށް ފެޑަރޭޝަނުން ބުނެފިއެވެ.
އުމުރުން 23 އަހަރުގެ ފޯވަޑް ހާލަންޑްގެ ފައިތިލައަށް ތަދުވެފައިވަނީ އެންމެފަހުން ފާރޯ އައިލެންޑްސްއާ ދެކޮޅަށް ނޯވޭއިން ކުޅުނު މެޗުގައެވެ. ނޯވޭގެ މެޑިކަލް ޓީމުން ބުނީ ހާލަންޑްގެ އަނިޔާ ސީރިއަސް ނޫން ނަމަވެސް، ވަރަށް ބޮޑަށް ތަދު ހުރުމުން އޭނާއަށް ނުކުޅެވޭނެ ކަމަށެވެ.
ނޯވޭއަށް މިރޭގެ މެޗަކީ މުހިއްމު މެޗެކެވެ. އެ ގްރޫޕުން ސްކޮޓްލޭންޑާއި ސްޕެއިން މިހާރު ކޮލިފިކޭޝަން ޔަގީންކޮށްފައިވާ އިރު، ނޯވޭ އޮތީ ގްރޫޕްގެ ތިންވަނައިގައެވެ. އެ ގްރޫޕުން ޕްލޭ އޮފްއަށް ދާނެ ޓީމެއް ކަނޑައެޅޭނީ މިރޭގެ މެޗަށްފަހުގައެވެ.
ގައުމީ ޓީމަށް ކުޅުނު 29 މެޗުން 27 ގޯލު ޖަހާފައިވާ ހާލަންޑްގެ ބަދަލުގައި ނޯވޭއަށް އިތުރު ކުޅުންތެރިޔަކު ނުނަގާނެއެވެ. ގްރޫޕް އޭގައި ސްކޮޓްލޭންޑް ލީޑު ކުރަމުންދާ އިރު، އެ ގްރޫޕްގައި ނޯވޭއާއި ސްކޮޓްލޭންޑް ފުރަތަމަ ކުރިމަތިލި މެޗުގައިވެސް ހާލަންޑް ގޯލު ޖެހިއެވެ.