ޖަރުމަނުގައި 2024 ވަނަ އަހަރު ބާއްވަން ތައްޔާރުވަމުންދާ ޔޫރޯގެ ކޮލިފިކޭޝަން ޔަގީންކޮށްދިނުމަށްފަހު، ޗެކް ރިޕަބްލިކްގެ ކޯޗުކަމުން ޖަރޮސްލޭވް ސިލްހާވީ އިސްތިއުފާ ދީފިއެވެ.
އުމުރުން 62 އަހަރުގެ ސިލްހާވީ 2018 ވަނަ އަހަރުން ފެށިގެން ޗެކުގެ ކޯޗުކަމުގައި މަސައްކަތް ކޮށްދީފައިވާ އިރު، އޭނާ ވަނީ އެގައުމާއެކު ޔޫރޯ 2020 ކުއާޓާ ފައިނަލަށް ގޮސްފައެވެ. އެއީ ބޮޑު ކާމިޔާބީއެކެވެ.
ޗެކުން ރޭ މޮލްޑޯވާ ކައިިރިން 3-0 އިން މޮޅުވެފައިވާ އިރު، އެ މޮޅާއެކު އެޓީމަށް ވަނީ ކޮލިފިކޭޝަން ޔަގީންވެފައެވެ. ސިލްހާވީ ޗެކުގެ ކޯޗުކަމާ ހަވާލުވެ ޗެކުން 56 މެޗު ކުޅެ، 26 މޮޅު ހޯދިއެވެ. އަދި 10 މެޗުން އެއްވަރުވި އިރު، ބަލިވީ 20 މެޗުންނެވެ. ޗެކުން ޔޫރޯ 2024 ގެ ކޮލިފިކޭޝަން ޔަގީންކުރީ ކޮލިފިކޭޝަން ގްރޫޕް އީގެ ދެވަނަ ޔަގީންކޮށްގެންނެވެ.
ކޮލިފިކޭޝަން ފަހުމެޗުގެ ކުރިން ސިލްހާވީ އާއި ކުޅުންތެރިންނާ ދެމެދު ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ޖެހިފައިވެއެވެ. އެއީ ހޮނިހިރު ދުވަހުގެ ރޭ ބައެއް ކުޅުންތެރިން ނައިޓް ކްލަބަކަށް ދިޔަ މައްސަލައެކެވެ. މޮލްޑޯވާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ސިލްހާވީ ވަނީ ވެސްޓް ހަމްއަށް ކުޅެމުންދަ ވްލަޑިމީރް ސޫފަލްއާއެކު އިތުރު ދެ ކުޅުންތެރިޔަކު ގައުމީ ޓީމުން ބޭރުކޮށްލައިފައެވެ.
ޔޫރޯ ކޮލިފައިން
ޔޫރޯ ކޮލިފައިން
ޔޫރޯ ކޮލިފައިން
ޔޫރޯ ކޮލިފައިން