އަންނަ އަހަރު ބާއްވަން ތައްޔާރުވަމުންދާ ޓެކާސް ރިސޯޓު ކަޕް 2024، ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ގައި އިއުލާނުކޮށްފިއެވެ.
މީގެ ކުރިންވެސް ދެ އަހަރަކު ޓެކާސް ރިސޯޓު ކަޕް ކާމިޔާބުކަމާއެކު ބާއްވާފައިވާ އިރު، މިފަހަރުގެ މުބާރާތަށްވެސް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ޓެކާސް ރިސޯޓު ކަޕް، އެކިއެކި ސަރަހައްދުތަކުގެ ރިސޯޓުތަކަށް ބަހާލައިގެން ކުރިއަށްގެންދާ އިރު، މުޅި ރާއްޖޭގެ ޗެމްޕިއަން ރިސޯޓު ކަނޑައަޅަނީ ފައިނަލް މުބާރާތަކުންނެވެ.
ލަންޑަނުގައި ޓެކާސް ކަޕް 2024 އިއުލާނުކުރީ މުބާރާތުގެ ޕާޓްނަރެއް ކަމަށްވާ ދިވެހި އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލެވެ.
ދެ މަސް ދުވަހަށް ދެމިގެންދާ ރިސޯޓު ކަޕްގައި މިފަހަރުވެސް 50 އަކަށް ޓީމު ފެނިގެންދާ އިރު، ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމު ވަނީ ކަނޑައެޅިފައެވެ. ރިސޯޓު ފުޓްސަލްގެ ފޯރިގަދަވެގެން ގޮސްފައިވާ އިރު، ޓެކާސް ރިސޯޓު ކަޕް ފާހަގަކޮށްލެވެނީ އެންމެ ގިނަ ރިސޯޓުތަކަކުން ތައްޔާރުވާ މުބާރާތުގެ ގޮތުގައެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް