ސީރިއާގެ ރައީސް ހައްޔަރުކުރުމުގެ އަމުރެއް ފްރާންސުން ނެރެފިއެވެ.

ފްރާންސުން ހައްޔަރުކުރުމުގެ ބައިނަލްއަގުވާމީ އަމުރެއް ނެރެފައިވަނީ ސީރިއާގެ ރައީސް ބަޝާރުލް އަސަދުގެ އިތުރުން އޭނާގެ ބޭބެ އާއި ސަރުކާރުގެ އިތުރު ދެ އޮފިޝަލުންނެވެ.

ފްރާންސުން އެ އަމުރު ނެރުމަށް ނިންމާފައި ވަނީ އެ ގައުމުން ސީރިއާގެ އާންމުންނާ ދެކޮޅަށް މަނާ ކެމިކަލް ހަތިޔާރު ބޭނުންކުރާ ކަމުގެ ކުށުގައެވެ.

ރައީސް ބަޝާރުލް އަސަދުގެ އިތުރުން އޭނާގެ ބޭބެއާއި ސަރުކާރުގެ އިތުރު ދެ އޮފިޝަލުންނަށް ވެސް ކޮށްފައިވަނީ އެއް ދައުވާއެއް ކަމަށް ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވެއެވެ.

ރައީސް ބަޝާރުލް އަސަދުގެ ބޭބެ މަހީރް އަލް އަސަދަކީ ސީރިއާގެ މިލިޓަރީ ޔުނިޓެއްގެ އިސްވެރިއެކެވެ. އަދި ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ އަނެއް ދެ މީހުންނަކީ ސީރިއާގެ ދެ ޖެނެރަލުންނެވެ.

ފްރާންސުން ވަނީ 2013 ވަނަ އަހަރުގެ އޮގަސްޓު މަހު ސީރިއާގެ ދޯމާ އާއި ގޯތާ ޑިސްޓްރިކްޓުގައި ދިން ހަމަލާގައި މަނާ ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަން ހާމަވެފައިވާ ކަމަށް ބުނެފައެވެ. އެ ހަމަލާގައި 1000 އަށްވުރެން ގިނަ އާންމުން މަރުވެފައިވާ ކަމަށް ފްރާންސުގެ އޮފިޝަލުން ބުނެއެވެ.