އިންޑިއާގައި ކުރިއަށްދާ އައިސީސީ ފިރިހެން ކްރިކެޓް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާއިން ނެދަލޭންޑްސް ބަލިކޮށްފިއެވެ.

ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންޑިއާއިން ނެދަލޭންޑްސް ބަލިކުރީ 160 ލަނޑުންނެވެ. އިންޑިއާއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ ސެމީއަށް ދިޔަ އިރު، ދެން ސެމީއަށް ދިޔައީ ދެކުނު އެފްރިކާއާއި ނިއު ޒިލެންޑް އަދި އޮސްޓްރޭލިއާއެވެ.

އިންޑިއާއިން ސެމީގައި ނިއު ޒިލެންޑާ ދެކޮޅަށް ނުކުންނަ އިރު، ދެކުނު އެފްރިކާއިން ނުކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަސެވެ.

މެޗުގައި އިންޑިއާއަށް ޓޮސް ދިމާވުމުން ކުޅެން އަރައި ތަފާތު ދެއްކީ ޝްރެޔާސް އިޔާއާއި ކޭއެލް ރާހުލްއެވެ. ފުރަތަމަ އެރި ޓޮޕް ބެޓްސްމަނުންނަށް 50 ހެދުނު އިރު، ރާހުލްާއި ޝްރެޔާސް ވަނީ ކޮންމެ ކުޅުންތެރިޔަކު ސެންޗަރީ ހަދައިފައެވެ. އިންޑިއާއިން 50 އޯވަރު ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 410 ލަނޑު ހެދިއެވެ.

ބަދަލުގައި ކުޅެން އަރައި 47.5 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ނެދަލޭންޑްސްއަށް ހެދުނީ 250 ލަނޑެވެ.