ސްރީ ލަންކާގެ މައި އެއާޕޯޓު، ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުރި ދިވެއްސެއްގެ ލަގެޖުން ފިސްތޯލައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ލަންކާ ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ.
ލަންކާގެ ފުލުހުންނާ ހަވާލާ ދީ، އެ ގައުމުގެ "އޭޑީއޭ ޑެނާރާ" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު ފުރަން އޮތް ފްލައިޓުން ރާއްޖެ އައުމަށް ގޮސް ހުރި 58 އަހަރުގެ ދިވެހި ފިރިހެނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ވެސް ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ފުލުހުންނާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ ލަގެޖު ބަލައި ފާސްކުރިއިރު ވަނީ، ރިވޯލްވާ ކަމަށް ބެލެވޭ ފިސްތޯލައެއް ފެނިފައެވެ.
ލަންކާގެ ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މި ކަމާ ގުޅިގެން ދިވެހި ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު