އެއް އޯނާޝިޕެއްގެ ދަށުގައި ހިމެނޭ ކްލަބުތަކަށް ކުޅުންތެރިން ލޯނު ނުކުރެވޭނެ އުސޫލުތަކެއް ޕްރިމިއާ ލީގުން އެކުލަވާލައި، އެކަމަށް ވޯޓު ދޭން ކްލަބުތަކުން ތައްޔާރު ވެއްޖެއެވެ.
ޖެނުއަރީން ފެށިގެން އެކުލަވާލައި އެ އުސޫލު ފާސްކުރަން ކްލަބުތަކުގެ މެދުގައި ވޯޓު ނަގަން މިހަރު ތައްޔާރުވެފައިވާ އިރު، އޭގެ ސަބަބުން ނިއުކާސަލްއަށް ހާއްސަ ގެއްލުންތަކެއް ވާނެ ކަމަށް ހަބަރުތައް ބުނެއެވެ. އެގޮތުން ސައުދީ އަރަބިއާގެ ޕަބްލިކް އިވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ގެ ކްލަބުތަކުން ކުޅުންތެރިން ލޯނަށް ނިއުކާސަލްއަށް ނުގެންދެވުން ވާނީ ކްލަބަށް އުނދަގޫ ކަމަކަށެވެ.
ކްލަބުތަކުން އެފަދަ އުސޫލަކަށް ވޯޓު ދޭން ނިންމާފައިވަނީ ނިއުކާސަލްއިން ސައުދީ ޕްރޯ ލީގުގެ އަލް-ހިލާލަށް ކުޅެމުންދާ ރުބެން ނެވޭސް، ސައުދީގެ އޮފް ސީޒަނުގައި ލޯނު އެއްބަސްވުމަކަށް ގެންދަން ނިންމާފައި ވަނިކޮށެވެ. ކުރިން ވުލްވްސްއަށް ކުޅުނު ނެވޭސްއަކީ މިހާރި ހިލާލްގެ ކެޕްޓަނެވެ.
އެއް އޯނަޝިޕެއްގެ ދަށުން ޓްރާންސްފާތައް ހަދައި، ލޯނަށް ކުޅުންތެރިން ބަދަލުކުރުމަކީ އާންމު އުސޫލެއްގެ ދަށުން ކްލަބުތަކުން ބޭނުންކުރާ އުކުޅެކެވެ. އެގޮތުން ސިޓީ ގްރޫޕްގެ ލޯން ޓްރާންސްފާތަކެވެސް މީގެ ކުރިން ފެނިފައިވާ އިރު، ބްރައިޓަންގެ ވެރިން ކޯރޫ މިޓޯމާގެ ޓްރާންސްފާގައިވެސް 2021 ވަނަ އަހަރު އެ އުކުޅު ބޭނުންކުރި ތަން ފެނިފައިވެއެވެ.
ޕްރިމިއާ ލީގުން ނިންމުމަށް ގޮތެއް ނިންމަން އިށީންނާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު