ހުޅުމާލޭން ބިންތަކެއް ދޫކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމެއް އާބަންކޯގައި ހަރަކާތްތެރިވަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އޭސީސީން އާބަންކޯއަށް ވަދެފައި މިވަނީ، ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަކަށް އެޖެންޑާ ކޮށްފައިވާ ކަމުގެ މައުލޫމާތު އިންތިގާލީ އޮފީހަށް ލިބިފައިވާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ އޮފީހުން މިދިޔަ ހަފުތާގައި ބަޔާނެއް ނެރެފައި ވަނިކޮށެވެ.
އަދި ހަމަ އެ ދުވަހު ދިގު މުއްދަތަށް ކުއްޔަށް ދޭ ތަނަކާ ގުޅޭ ގޮތުން އާންމު ފަރާތަކުން ހުށަހެށި މައްސަލައަކާ ގުޅިގެން ހުޅުމާލޭން ބިން ވިއްކުން އޭސީސީން އޮތީ ހުއްޓުވައިފައެވެ.
ނަމަވެސް އެކަމާ ގުޅިގެން އާބަންކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ އިދާރާގެ މަސައްކަތްތައް ކުރަމުންދަނީ އިންތިހާބީ ރައީސްގެ އޮފީހުންނާއި އޭސީސީ އަދި ޕްރައިވަޓައިޒޭޝަން ބޯޑުން ޝާއިއުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ހަވާލާދީފައިވަނީ ބޯޑުގެ އެޖެންޑާއަށް ކަމަށާއި އެއީ އަލަށް ފަށާފައިވާ ކަންކަމެއް ނޫން ކަމަށްވެސް ބުންޏެވެ. އަދި އެއީ ކުރީއްސުރެ ހުށަހެޅި، އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ނިމި، އެގްރީމެންޓާ ހަމައަށް މަސައްކަތް ނިމިފައި ހުރި ކަންކަން ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު